ދިވެހިރާއްޖެ
ވެހިކަލް ބާއްވާ ގަރާޖެއް ހެދުމާއި ގުޅޭ
މިކޯޓުގެ އިޢުލާން ނަންބަރު O8C-A/2018/02 ބާތިލްކޮށް، މިކޯޓުގެ ގޯތިތެރޭގައި ވެހިކަލް ބާއްވާ ގަރާޖެއް އަމިއްލަ ތަކެތީގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 20 ފެބުރުވަރީ 2019 ވާ ބުދަ ދުވަހު 13:00 އަށް، މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 28 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހު 13:00 އަށް، މިކޯޓަށް ވަޑައިގެން ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 28 ފެބުރުވަރީ 2019
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 13:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓު
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.
07 F 1440
12 ފެބުރުވަރީ 2019