މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގަސްކާނާއާއި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުން

މިރަށު ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާއާއި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ 311/311/2019/7 (11 ފެބްރުއަރީ 2019) އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށްފަހު ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގެ އަގު ބޮޑުކަމުން އެއިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ތިރީގައި މިދަންނަވާ ތަކެތި މިރަށު ބަނދަރާއި ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • 1100 ބަސްތާ ގެރިގުއި (25 ކިލޯގެ)
  • 160 ޕެކެޓް އެން.ޕީ.ކޭ 20:20:20  (2 ކިލޯގެ)
  • 230 ޕެކެޓް ބާސް (ނަމްބަރ 8)
  • 135 ޕެކެޓް ޔޫރިޔާ (1 ކިލޯގެ)
  • 600 ކިލޯ ހައިޑްރޯ ކޮމްޕްލެކްސް
  • 210 ކިލޯ ޕޮޓޭސިއަމް
  • 65 ފުޅި އެބަމެކްޓިން (100 އެމް އެލް)

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 13 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ހުށަހެޅުން އޮންނާނީ 18 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

11 ފެބުރުވަރީ 2019
ހޯދާ