ދިވެހިރާއްޖެ
މިސްކޫލްގެ އިޢުލާން ނަންބަރު GS153/IUL/2019/05 ގައި މައްސަލައެއް އުޅޭތީ އެއިޢުލާނު ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ. މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގެ ނަންބަރު: J-119247 ބޭނުންވާ އަދަދު: 01 މަޤާމުގެ ގިންތި: ދާއިމީ މަޤާމުގެ ރޭންކް: ޖީ.އެސް.3 މަޤާމުގެ ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1 ވަޒީފާ އަދާކުރަންޖެހޭ ތަން: އދ.ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ މުސާރަ: މަހަކު -/4465 ސަރވިސް އެލަވަންސް: މަހަކު -/1500 އިތުރު އިނާޔަތްތައް: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
ކޮންމެ ޓާރމެއް ނިމުމާއެކު ދަރިވަރުން ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން. ދަރިވަރުންގެ ޕާރސަނަލް ފައިލް ހެދުން ސްކޫލް އިން ވަކިވާ ދަރިވަރުންނަށް ލީވިން ސެޓްފިކެޓް ދިނުމާއި އެކަމާއި ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރުން ސްކޫލްގެ ބެލެނިވެރިންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން ބެލެނިވެރިންގެ ބައްދަލުވުންތަކަށް ދަންނަވާ ނޯޓް ތައްޔާރުކުރުމާއި ބެލެނިވެރިންނަށް އަންގަންޖެހޭ އެންގުންތައް އެނގުން ސްކޫލުން ގެޔަށްފޮނުވޭ ދަރިވަރުންގެ ލިޔެކިޔުންތަކާއި އެދަރިވަރުންގެ ގެޔަށްފޮނުވުމާއި ގުޅޭގޮތުން މަސައްކަތްތައް ކުރުން. އަދި ދަރިވަރުންގެ ކަންކަމާއި ގުޅިގެން ބެލެނިވެރިންނަށް ގުޅަންޖެހިއްޖެ ހާލަތެއްގައި އެކަމެއްކުރުން.
ސްކޫލްގެ ކިޔަވާދިނުމާއި އިދާރީ ހިންގުމަށް ބޭނުންވާ ތަކެތި ހުސްވުމުގެ ކުރިން ބޭނުންވާ ތަކެތީގެ ލިސްޓް ބަޖެޓްސެކްޝަނާއިހަވާލުކުރުން އިދާރީ ހިންގުމާއި ކިޔަވައިދިނުމަށް ގެނެވޭ ތަކެތި ދުވަހުން ދުވަހަށް ސްޓޮކް ބާކީގައި ލިޔުން. ދުވަހުން ދުވަހަށް މުވައްޒަފުންނަށް ދޫކުރެވޭ ތަކެތި ސްޓޮކް ބާކީން އުނިކޮށް އެމުވައްޒަފަކު ލައްވާ ސޮއިކުރުވުން. ސްޓޮކް ބާކީ އަބަދުވެސް ސީދާކޮށް ބެހެއްޓުން
ފައިނަލް ޓާމް ޓެސްޓްތައް ނިމުން ގްރޭޑް ބަދަލުވާ ދަރިވަރުންގެ ޓެކްސްފޮތްތައް ސްކޫލަށް ގެނައުން ހަލާކުވެފައި/ކުރަފައިހުންނަ ފޮތްތަކަށް އަގުނެގުން. އަލަށް ބޭނުންވާ ފޮތުގެ މަޢުލޫމާތު މިނިސްޓްރީއަށް ފޮނުވައި ފޮތްތައް ލިބުމުން ދަރިވަރުންނަށް ފޮތް ދޫކުރުން ފޮތްތަކުގެ ރަޖިސްޓްރީ ކޮންމެ އަހަރަކުވެސް އަޕްޑޭޓްކުރުން
ބިދޭސީންގެ ސެޓްފިކެޓްތަކާއި، ޕާސްޕޯޓްތައް ހޯދައި ފައިލްކުރުމާއި ސޮޕްކޮޕީ ބެލެހެއްޓުން. ވަޒީފާގެ އެއްބަސްވުން ބިދޭސީންނާ ގުޅުންހުރި އެހެނިހެން ލިޔެކިޔުންތައް މިނސްޓްރީން ހޯދުމާއި މިނިސްޓްރީއަށް ފޮނުވުން.
މުވައްޒަފުންގެ ބައްދަލުވުންތަކަށް ދެންނެވުމާއި މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އެނެގުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައްކުރުން. މަޤާމުގެ ޝަރުޠު: ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން' ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން
ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ފެބްރުވަރީ 20 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އދ.ހަންޏާމީދޫ ސްކޫލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ،އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 ފެބްރުވަރީ 21 ވަނަ ދުވަހާއި 2019 ފެބްރުވަރީ 24 ވަނަ ދުވަހާ ދެމެދު އދ.ހަންޏާމީދޫ ސްކޫލުގައެވެ.
ޝޯޓު ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް
އިތުރުމަޢުލޫމާތު: މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6680837 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. 6 ޖުމާދަލްއާޚިރު 1440 11 ފެބަރުވަރީ 2019
ޖޯރޖު ތޯމަސް ޕްރިންސިޕަލް |