މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ދެ ވެހިކަލް ސަރވިސްކުރުމަށް

                                                              ނަންބަރ: MMS-A/2019/03

އިޢުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެ.

 މި ސަރވިސްގެ ދެ ވެހިކަލް ސަރވިސްކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 18 ވާ ހޯމަ ދުވަހުގެ11:00  އަށް ހުޅުލޭގައި  (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގަ) ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. ވެހިކަލް ބަލަައިލަން ބޭނުންވާ ފަރާތްތަކުން 2019 ފެބްރުއަރީ 12 ވަނަ ދުވަހުން 17 ވަނަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 ން ހަވީރު 4 އާ ދެމެދު މިއޮފީހަށް ވަޑައިގެންދެއްވުން އެދެމެވެ.

 

މަސައްކަތުގެ ތަފްޝީލް

  •  މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް ހުޅުލޭގައި ދުއްވާ ރަޖިސްޓްރީ ނަންބަރ C1A2379   ޕިކަޕްގެ ތިރީގައި މިދަންނަވާ ކަންތައްތައްކުރުން
  1. ފުލް ސަރވިސް ކޮށްދިނުން (ފިލްޓަރ ބަދަލުކުރުމާއި އެކު)
  2. ވެހިކަލް ޗެސިސްއިން ދަބަރު ކަހާ އަންޑަރކޯޓް ދުއްވުން
  3. ބުރެކި ސަރވިސްކުރުން
  4. ގިއަރ ސަރވިސްކުރުން
  5. އެއަރކޮންޑިޝަން ސަރވިސްކުރުން
  6. އަޑީތެޔޮ، ކޫލަންޓް، ބުރެކިތެޔޮ، ގިޔަރު ތެޔޮ، ސްޓީއަރިންގ ތެޔޮ ބަދަލުކުރުން/ހަމަކުރުން
  7. ސްޕެއަރ ފުރޮޅުގެ ޓަޔަރު ބަދަލުކުރުން

 

  •  އަދި ރަޖިސްޓްރީ ނަންބަރ  B1A5458ޖީޕްގައި ކުރަންހުރި މިދަންނަވާ ކަންތައްތަށް ކުރުން.
  1. ވެހިކަލް ފުލް ސަރވިސްކުރުން
  2. ބުރެކި ސަރވިސްކުރުން
  3. ގިއަރ ސަރވިސްކުރުން
  4. އަޑީތެޔޮ، ކޫލަންޓް، ބުރެކިތެޔޮ، ގިޔަރު ތެޔޮ، ސްޓީއަރިންގ ތެޔޮ ބަދަލުކުރުން/ހަމަކުރުން
  5. އެއަރ ކޮންޑިޝަން ސަރވިސްކުރުން
  6. ކަނާތު ލޯގަނޑު ބަދަލުކުރުން
  7. ސްޕެއަރ ފުރޮޅުގެ ޓަޔަރު ބަދަލުކުރުން

 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އިތުރު މައުލޫމާތު ހޯއްދެވުމަސް މި އިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

6 ޖުމާދަލްއާޙިރު 1440

 

11 ފެބުރުވަރީ 2019
ހޯދާ