ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ރަށު ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރިތަކާއި ބަނދަރު ބައްތިތައް 2019 ވަނަ އަހަރު މަރާމާތުކޮށް ބެލެހެއްޓުން

އިޢުލާން

މި ރަށު ގޯޅިމަގުތަކުގައި ޖަހާފައިވާ ހޮޅިބުރި ތަކާއި ބަނދަރު ބައްތިތައް 2019 ވަނަ އަހަރު މަރާމާތުކޮށް ބެލެހެއްޓުން

މި ރަށު އެކިއެކި ގޯޅިތަކާއި މަގުތަކުގައި ޖަހާފައިވާ ހޮޅިބުރިތަކާއި ބަނދަރުގައި ޖަހާފައިވާ ބައްތިތައް 2019 ވަނަ އަހަރު ކޮންޓްރެކްޓް އުސޫލުން މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކޮށްފައިވާ ނަންބަރު (IUL)253/253/2018/84 އާއި (IUL)253/253/2019/3 އިޢުލާނާ ގުޅިގެން އެސްޓިމޭޓް ހުށަހެޅުމުގެ ބައްދަލުވުމަށް އެއްވެސް ފަރާތަކުން ހާޟިރުވެފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް، އެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާނުކުރީމެވެ.

ވީމާ، މި އިދާރާއިން ތަކެތިދީގެން މި މަސައްކަތް ކޮށްދެވިދާނެ ފަރާތްތަކުން 2019 ފެބުރުވަރީ 21 ވާ ބުރާސްފަތި ދުވަހުގެ 10:30 އަށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2019 ފެބުރުވަރީ 24 ވާ އާދީއްތަ ދުވަހުގެ 10:30 އަށް އަންދާސީހިސާބު މި އިދާރާއަށް ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓަރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީހިސާބުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީ ހިސާބުހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު، ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަންވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.

6 ޖުމާދަލްއާޚިރާ 1440

11 ފެބުރުވަރީ 2019

11 ފެބުރުވަރީ 2019
ހޯދާ