ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ މަކުނުދޫ ކައުންސިލުގައި 03 ކޮޓަރީގެ ޢިމާރާތެއް ބިނާކުރުމާއި ގުޅޭ:

އިޢުލާން

ނަންބަރ: (IUL)270/270/2019/4

 

ހދ މަކުނުދޫ ކައުންސިލުގައި 03 ކޮޓަރީގެ ޢިމާރާތެއް ބިނާކުރުމާއި ގުޅޭ:

 

ހދ އަތޮޅު ކައުންސިލް އަދި ހދ މަކުނުދޫ ކައުންސިލުން ޚަރަދުކޮށްގެން، ހދ މަކުނުދޫގައި  އިމާރާތް ކުރުމަށް ހަމޖެހިފައިވާ 03 ކޮޓަރި ޢިމާރާތް ކުރުމުގެ މަސައްކަތް، މަކުނުދޫ ކައުންސިލުން  ހުށަހަޅާ ބީ.އޯ.ކިޔު އާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

ވީމާ މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 18 ފެބުރުއަރީ 2019 ވާ ހޯމަ ދުވަހުގެ 11.00 އަށް މަކުނުދޫ ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 27 ފެބުރުއަރީ 2019 ވާ ބުދަ ދުވަހުގެ 11.00 އަށް މިއިދާރާއަށް ދުރުވެ ބީލަން ހުށަހެޅުއް ވުމަށް ދަންނަވަމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރުމަށް ނުވަތަ ބީލަން ހުށަހެޅުމަށް ހާޟިރުވާ ފަރާތްތަކުން އެމީހަކު ތަމްސީލް ކުރަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ. މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުމުގެ ބައްދަލްވުމަށް ހާޟިރުވެ ނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުޞޫލުން ރަޖިސްޓްރީ ކޮށްފައިނުވާ، އެއްވެސް ފަރާތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން ޕޮއިންޓް ދީގެން، އެންމެ މަތީ ޕޮއިންޓެއް ލިބިލައްވާފަރާތެވެ.

  1. ހުށަހަޅާފައިވާ އަގު ( 90 އިންސައްތަ )
  2. މިފަދަ މަސައްކަތްތައް ކުރުމުގެ ތަޖްރިބާ ( 10 އިންސައްތަ )

ޝުކުރިއްޔާ

06  ޖުމާދުލްޢާހިރު 1440

11 ފެބުރުއަރީ 2019

11 ފެބުރުވަރީ 2019
ހޯދާ