އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް އައިޓީ ކޮންސަލްޓަންޓެއް ބޭނުންވެއްޖެ

 

     ނަންބަރު: IUL)32-A2-PR/1/2019/6)

 

އިޢުލާން

 

މި އޮފީހަށް އައިޓީ ކޮންސަލްޓަންޓެއް ބޭނުންވެއްޖެ

              

      މި އޮފީހުގެ މަސައްކަތްތައް އިންފޮމޭޝަން ޓެކްނޮލޮޖީގެ ޒަރިއްޔާއިން ހަރުދަނާކޮށް މިކަމަށް ބޭނުންވާ އެސެސްމަންޓްތައް ހެދުމަށާއި އޮފީހުން ބަލަހައްޓާ ވެބްސައިޓްތައް އަޕްގްރޭޑް ކުރުމުގެ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތުގެ ޓަރމްސް އޮފް ރިފަރެންސް (ޓީއޯއާރ) އާއި މަޢުލޫމާތު ޝީޓް އޮފީހުގެ ވެބްސައިޓް www.agoffice.gov.mv އިން ލިބޭނެއެވެ.

      މި މަސައްކަތަށް ހޮވޭ ފަރާތަކުން މަސައްކަތްކުރަންޖެހޭނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. މަސައްކަތުގެ މުއްދަތަކީ މީލާދީ 6 (ހައެއް) މަސް ދުވަހާއި 1 (އެކެއް) އަހަރު ދުވަހެވެ. އަދި މަސައްކަތުގެ މުއްދަތު އިތުރުކުރަންޖެހޭ ޙާލަތެއް ދިމާވެއްޖެނަމަ 1 (އެކެއް) އަހަރު ދުވަހަށް ވުރެ އިތުރު ކުރެވިދާނެއެވެ.

      ވީމާ، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ފެބުރުވަރީ 18 ވަނަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން "އެކްސްޕްރެޝަން އޮފް އިންޓްރެސް" އާއި މަޢުލޫމާތު ޝީޓުގައި ބަޔާންކުރާ އެންމެހައި ލިޔުންތައް މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

      މި އިޢުލާނާއި މަސައްކަތާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުންވާނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން  14:00އާ ދެމެދު 7947772 ނުވަތަ 7746377 ނަންބަރަށެވެ.

 

06 ޖުމާދަލްއާޚިރާ 1440

     

10 ފެބުރުވަރީ 2019
ހޯދާ