ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި ކައުންސިލްގެ ޕިކަޕްގެ އިންޖީން މަރާމާތްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި ކައުންސިލްގެ ޕިކަޕްގެ އިންޖީން މަރާމާތްކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި ކައުންސިލްއިން ދާންދޫގެ ގޭގޭ ދޮށުން ކުނި ނަގައި ކުނި އުފުލުމަށް ބޭނުންކުރާ 1.5 ޓަނުގެ، ނިޝާން ބްރޭންޑްގެ ޕިކަޕްގެ ތިރީގައި މަޢުލޫމާތު މިދެވޭ އިންޖީނަށް ދިމާވި މައްސަލަތަކާއި ގުޅިގެން ސްޓާރޓް ނުކުރެވި ޕިކަޕް ނުދުއްވިގެން، މިކައުންސިލް އިން ކުރިއަށް ގެންދާ ކުނި އުފުލުމުގެ ޚިދުމަތް މެދު ކެނޑިފައިވާތީ މި ޕިކަޕްގެ އިންޖީން މަރާމާރުކޮށް، އެކަށީގެންވާ އެންމެ ރަނގަޅު ގޮތުގައި ޕިކަޕް ބޭނުންކުރެވޭނެ ޙާލަތަށް، ޕިކަޕްގެ އިންޖީން މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއްޖެއެވެ.

ޕިކަޕާއި އަދި އިންޖީނާއި ބެހޭ މަޢުލޫމާތު (އެއްގަމު އުޅަނދުގެ ރަޖިސްޓްރީ އިން ނަގާފައިވާ)

1-     މޮޑެލް ނަންބަރ: SKG-SZ2F24

2-     ޗެސިސް ނަންބަރ: SZ2F24-041403

3-     އިންޖީން / މޯޓަރ އުއްފެއްދި ކުންފުނި:  NISSAN

4-     އިންޖީން / މޯޓަރ ސީރިއަލް ނަންބަރ:     ZD30-322680K

5-     ހަކަތައިގެބާވަތް: DIESEL

6-     އުފުލޭ ބަރުދަން: 1500 ކިލޯ ( 1.5 ޓަން )

މާކްސް ދެވޭނެ ކްރައިޓީރިއާ

ފޯމިއުލާ

ތަފުސީލު

މާކްސް ދެވޭ ގޮތް

މާކްސްދެވޭ ކްރައިޓީރިއާ

(Benchmark Price / Submitted Price) x Allocated Percentage

v     މަސައްކަތުގެ ޖުމްލަ އަގަށް ދޭ މާކްސް

v     މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކަށާއި މިއިދާރާއިން އަންދާޒާ ކުރާ އަގާއި އަޅާ ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް ފާސްވާ އަގު ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

v     މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅޭ އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށެވެ.

%80

އަގު

( Submitted years of experience / Benchmark  years  ) x Allocated Percentage

v     ކަމާއި ގުޅޭ ދާއިރާއިން ލިބިފައިވާ ތަޖުރިބާ

v     މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް

v     މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލިއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ.

10%

ތަޖުރިބާ

(Benchmark Duration / Submitted Duration) x Allocated Percentage

v     ފަންނީގޮތުން ޤާބިލުކަން ހުރި މިންވަރަށް ދެވޭ މާރކްސް

v     މި މާކްސް ދެވޭނީ ހުށަހަޅާ ލިޔެކިޔުންތަކަށް ބަލައި އެންމެ އެކަށީގެންވާ ކަމަށް ބިޑް އިވެލިއުއޭޝަން ކޮމިޓީން ފާސްވާ ފަރާތަށް ދެވޭ އެންމެ މަތީ ޕޮއިންޓް ބެންޗްމާރކެއްކަމުގައި  ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް

v     މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ ބިޑް އިވެލިއުއޭޝަން ކޮމިޓީން ފާސްވާ އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ފަރާތަށެވެ.

 

ފަންނީ ޤާބިލުކަން ހުރި މިންވަރު

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަދި އަންދާސީ ހިސާބު ހުށެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން އެފަރާތަކާއި ހަވާލުކުރި ކަން ބަޔާން ކޮށްފައިވާ ސިޓީ އެއް އެފަރާތަކުން ގެންނަންވާނެއެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންނަވަމެވެ.

މި އިޢުލާނުގެ ދަށުން މި މަސައްކަތަށް ކުރިމަތި ލުމުގެ ފުރުސަތު ދެވޭނީ ޤާނޫން ނަންބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) އާއި އެއްގޮތްވާގޮތުގެ މަތިން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ވާތީ އެކަން މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 17 ފެބުރުއަރީ 2019 ވާ އާދީއްތަ ދުވަހު 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 21 ފެބުރުއަރީ 2019 ވާ ބުރާސްފަތި ދުވަހު 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދެންނެވީމެވެ.

އިތުރުމައުލޫމާތު 680026 އިން ރަސްމީ ގަޑީގައި ސާފުކޮށްދެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

10 ފެބުރުވަރީ 2019
ހޯދާ