މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ޢިމާރާތްކުރުމުގެ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތައް ރަޖިސްޓަރީ ކުރުން

މާލިއްޔަތުގެ ގަވާއިދުގެ ދައުލަތުގެ ޕުރޮކިޔުމަންޓާ ބެހޭ ބާބުގެ 3 ވަނަ ބައިގެ 27 ވަނަ މާއްދާގެ (ހ) ގެ ދަށުން  މިނިސްޓްރީއަށް ބީލަމުގައި ބައިވެރިވާ ފަރާތްތައް ނުވަތަ ސަޕްލަޔަރުން ރަޖިސްޓަރީކޮށް ބެލެހެއްޓުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން ވަނީ އަންގަވާފައެވެ.

ވީމާ، 1 ފެބްރުވަރީ 2014 އިން ފެށިގެން ކޮންސްޓްރަކްޝަން ކުންފުނިތައް ރަޖިސްޓަރީ ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ކަމަށް ދަންނަވަމެވެ. އަދި 1 އެޕްރީލް 2014 އިން ފެށިގެން ސަރުކާރުގެ މަސައްކަތްތަކުގައި ކުރިމަތިލެވޭނީ މި މިނިސްޓްރީގެ ނޭޝަނަލް ކޮންޓްރެކްޓަރސް ގައިޑްލައިންގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.

މި ގައިޑްލައިން މި މިނިސްޓރީގެ ވެބްސައިޓް www.housing.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން އެދޭނަމަ 3004304/ 3004182 ނަންބަރުން މަޢުލޫމާތު ލިބޭނޭ ވާހަކަ ދަންނަވަމެވެ.

22 ރަބީޢުލްއައްވަލް 1435

23 ޖަނަވަރީ 2014
ހޯދާ