ފުނަދޫ ސްކޫލް
ދިވެހިރާއްޖެ
އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުން

ފުނަދޫ ސްކޫލް

   ށ.ފުނަދޫ

      ދިވެހިރާއްޖެ.         

        ނަންބަރު: (IUL)GS-59-AD/INDIV/2019/9 

 

އިޢުލާން

އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމާބެހޭ    

                        އެކަށީގެންވާ ޢަދަދަށް ބިޑް ހުށައަޅާފައިނުވާތީ މި ސްކޫލްގެ ނަމްބަރު ((IUL)GS-59-AD/INDIV/2019/4) އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

                        2019ވަނައަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.  ކުއްޔަށް ދޫކުރުމަށް ހުށަހަޅާ ގޭގައި މަދުވެގެން 3 ނުވަތަ 2 ކޮޓަރި ސިޓީންރޫމް ކާގެ، ބަދިގެ، ލޯންޑްރީ ބައި ހިމެނެން ވާނެއެވެ.

                        ވީމާ، ގެ ކުއްޔަށް ދޫކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ފެބުރުއަރީ 17ވަނަ ދުވަހުގެ 11:00 އަށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ފެބުރުއަރީ 20 ވަނަ ދުވަހުގެ 14:00 އަށް ގެ ކުއްޔަށް ދޫކުރެވޭނެ އަގާއި ގޭގެ ފްލޯޕްލޭން އަދި އިންވެންޓްރީ ލިސްޓާއެކު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                        އަދި ދަންނަވަމެވެ، މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ އަދި މަޢުލޫމާތު ފުރިހަމަނުވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލުވާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

ނޯޓް: އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 6540540 އަށް ގުޅުއްވުން އެދެމެވެ.

05 ޖުމާދަލްއާޚިރު 1440

10 ފެބުރުއަރީ 2019

10 ފެބުރުވަރީ 2019
ހޯދާ