ދިވެހިރާއްޖެ
- ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ އެއްގަމު އުޅަނދުފަހަރަށާއި، ހދ.އަތޮޅުގައި ބޭނުންކުރާ ޕޮލިސްގެ ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި 171-G1(b)/IUL/2019/14 ނަންބަރު އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ އެއިޢުލާން ބާތިލް ކުރުމަށްފަހު މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްގައި މިއިޢުލާނުގެ "ރިލޭޓަޑް ޑޮކިއުމަންޓްސް"ގެ ދަށުން ފޯރުކޮށްދީފައިވާ "Bid Registration Form" ފުރިހަމަކުރެއްވުމަށްފަހު ތިރީގައިވާ 02 އީ-މެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.
- ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 2019 ފެބުރުވަރީ 08 ވަނަ ދުވަހު ގެ 23:59 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
- މިޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުމެއް ނޯންނާނެއެވެެ.
ތާރީޚް: -
ގަޑި: -
5. ބީލަން ހުޅުވުން އޮންނާނީ 2019 ފެބުރުވަރީ 14 ވަނަ ދުވަހުގެ 13:30 ގައި ހދ.ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަން ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
6. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
7. މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބް ސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
8. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2019 ފެބުރުވަރީ 09 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ.
9.އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް
މޯލްޑިވްސް ޕޮލިސް ސަރވިސް
އަމީނީމަގު ، މާލެ، ދިވެހިރާއްޖެ
ފޯން: +960 979 0052
އީ-މެއިލް: [email protected]
ކޮޕީ: [email protected]