ދިވެހިރާއްޖެ
ނަންބަރު: (IUL)CHSE-SMT/1/2019/4
ޘާނަވީ މަރުޙަލާގައި އާރޓްސް ސްޓްރީމަށް ކިޔެވުމަށް ކުރިމަތިލާ ދަރިވަރުންގެ ޢަދަދު މަދުކަމަށް ފާހަގަ ކުރެވޭތީ، މަތީ ޘާނަވީ މަރުޙަލާގައި އާރޓްސްޓްރީމް ކިޔެވުމަށް ވީހާވެސް ގިނަދަރިވަރުންނަށް ފުރުޞަޠު ދިނުމަށްޓަކައި، އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މިސެންޓަރުގެ އާރޓްސް ސްޓްރީމްގެ ކްލާހުގައި ޖާގަ އޮތުމާއެކު، އާރްޓްސް ސްޓްރީމަށް ކުދިން ވެއްދުމަށް ޚާއްޞަ ކްރައިޓިރިޔާއެއް ވަނީ ހަމަޖެހިފައެވެ. މިކްރައިޓިރިޔާ ތިރީގައި މިދަންނަވަނީއެވެ.
- 1 މެއި 2017 ގެފަހުން ބައިވެރިވެފައިވާ އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.އީ އިމްތިޙާނުން ޖުމްލަ 4 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. މީގެތެރޭގައި ދިވެހި ބަސް ނުވަތަ އިސްލާމިކް ސްޓަޑީޒް ހިމެނެންވާނެއެވެ.
- އާރޓްސް ސްޓްރީމްގެ މާއްދާތަކަށް ބެލެވޭނީ ހިސްޓްރީ އާއި ޖޯގްރަފީ. އާރޓްސް ސްޓްރީމްގައި ފާސްވެފައިވަނީ ހިސްޓްރީއާއި ޖޯގްރަފީގެ ތެރެއިން 1 މާއްދާއިންނަމަ، 2 ވަނަ މާއްދާއެއްގެ ގޮތުގައި އިންގްލިޝް ލޭންގްއޭޖް، އިންގްލިޝް ލިޓްރެޗަރ، އިކޮނޮމިކްސް ނުވަތަ މެތަމެޓިކްސް، މިއިން ކޮންމެވެސް 1 މާއްދާއެއް ބެލެވިދާނެއެވެ.
- ސައިންސް ސްޓްރީމް ހަދާފައިވާ ދަރިވަރަކަށް، އާރޓްސް ނުވަތަ ކޮމާރސް ސްޓްރީމް އޭލެވެލް ހެދުމުގެ ފުރުސަތު، އެދަރިވަރަކު ހަދާފައިވާ މާއްދާތަކަށް ބަލާފައި ދެވިދާނެއެވެ. އިތުރު މައުލޫމާތު އެޕްލިކޭޝަން ފޯމާއިއެކު ދޫކުރާ އިންފޯމޭޝަން ޝީޓްގައި ލިބެން ހުންނާނެއެވެ.
ވީމާ، އާރޓްސް ސްޓްރީމްގައި ކިޔެވުމަށް ބޭނުންވާ ކުދިންގެތެރެއިން ޝަރުޠުު ފުރިހަމަވާ ކުދީން އެޕްލިކޭޝަން ފޯރމް ފުރިހަމަ ކުރުމަށްފަހު ފޯރމްގައި ބަޔާންކުރެވިފައިވާ ތަކެއްޗާއެކު 13 ފެބުރުވަރީ 2019 ވާ ބުދަ ދުވަހުގެ 14.00 ގެ ކުރިން މިސެންޓަރުގެ އޮފީހަށް ހުށައެޅުމަށް ދަންނަވަމެވެ.
02 ޖުމާދުލްއާޚިރާ 1440
07 ފެބްރުއަރީ 2019