ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ބޯޑަށް ބަދަލު އައުން.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް 2019 ފެބްރުއަރީ 06 ވަނަ ދުވަހު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ވަނީ ބަދަލު ގެންނަވާފައެވެ. އެގޮތުން، ކުންފުނީގެ ޑިރެކްޓަރު ކަމުގެ މަޤާމުން އަލްފާޟިލާ ޢާއިޝަތު ރަފިއްޔާ / މ.ވޭވިންގ ލައިޓް ވަކިކޮށް، އެ މަޤާމަށް އަލްއުސްތާޛު އިސްމާޢީލް ޔާސިރު / މ.ހުއިވަނި ވަނީ ޢައްޔަންކުރައްވާފައެވެ.

ވީމާ، މިކަން ކުންފުނީގެ ޙިއްޞާދާރުންނާއި ކަމާބެހޭ އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ޢާންމުކޮށް އެންގީމެވެ.

01 ޖުމާދަލްއާޚިރު 1440

06 ފެބުރުވަރީ 2019
ހޯދާ