ދިވެހިރާއްޖެ
ކުރީގެ ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން 2007 އަދި 2008 ވަނަ އަހަރު، ޓެރެސްޓީރިއަލް ބްރޯޑްކާސްޓް ކުރުމަށް އެކި ފަރާތްތަތަކަށް ދޫކޮށްފައިވާ ފްރީކްއެންސީގެ ރަޖިސްޓަރީތައް، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއާއި ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެމެދު ވެފައިވާ އެމް.އޯ.ޔޫ އެއްގެ ދަށުން، 26 ޑިސެންބަރު 2013 ވަނަ ދުވަހު ވަނީ މި ކޮމިޝަނާ ހަވާލުކޮށްފައެވެ.
މި ބަދަލާ ގުޅިގެން ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް އިން ކުރިން ދޫކޮށްފައިވާ ފްރީކްއެންސީތަކާ ބެހޭ އެންމެހައި ކަންކަން ދެން ބަލަހައްޓަމުން ގެންދާނީ މި ކޮޝަނުން ކަމުގައި ދެންނެވީމެވެ.
އަދި މިގޮތުގެ މަތިން މިކޮމިޝަނާ ހަވާލުކޮށްފައިވާ ފްރީކުއަންސީތަކާއި ފްރީކުއަންސީ ދޫކޮށްފައިވާ ފަރާތްތަކުގެ މަޢުލޫމާތު ތިރީގައި މިވަނީއެވެ.
ފްރީކުއަންސީ |
ރޭޑިއޯ/ޓީވީ |
ފްރީކުއަންސީ ދޫކޮށްފާއިވާ ފަރާތް |
|
95.2Mhz |
ރޭޑިއޯ ޗެނަލް |
މޯލްޑިވްސް މީޑިއާ ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް |
1 |
92.6Mhz |
ރޭޑިއޯ ޗެނަލް |
ވޭވް ނެޓްވާރކްސް ޕްރައިވެޓް ލިމިޓެޑް |
2 |
96.2Mhz |
ރޭޑިއޯ ޗެނަލް |
އެޓޯލްވޭވް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް |
3 |
92.2Mhz |
ރޭޑިއޯ ޗެނަލް |
ބިޒްނަސް އިމޭޖް ގުރޫޕް ޕްރައިވެޓް ލިމިޓެޑް |
4 |
TV Ch 30, 31 |
ޓީވީ ޗެނަލް |
އެޓޯލް އިންވެސްޓްމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް |
5 |
89.0Mhz |
ރޭޑިއޯ ޗެނަލް |
ދިވެހިރާއްޖޭގެ އަޑު |
6 |
90.0Mhz |
ރޭޑިއޯ ޗެނަލް |
ދިވެހިރާއްޖޭގެ އަޑު |
7 |
91.0Mhz |
ރޭޑިއޯ ޗެނެލް |
ދިވެހިރާއްޖޭގެ އަޑު |
8 |
TV Ch 5, 7 |
ޓީވީ ޗެނަލް |
މޯލްޑިވްސް ނެޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން |
9 |
- |
ރޭޑިއޯ ޗެނެލް |
ސެވެން ކޮންޓިނެންޓްސް ޕްރައިވެޓް ލިމިޓެޑް |
10 |
ވީމާ، މި ދެންނެވި ފްރީކްއެންސީތަކުގެ އަހަރީ ފީ ކުރިއަށް އޮތްތާނގައި މި ކޮމިޝަނަށް ދެއްކެވުމަށާއި ބްރޯޑްކާސްޓިންގ ފްރީކްއެންސީއާބެހޭ ކަންކަމާ ގުޅޭގޮތުން މި ކޮމިޝަނާ މުޢާމަލާތު ކުރެއްވުމަށް ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.
19 ރަބީޢުލްއައްވަލް 1435