ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ސިސްޓަމް އެނަލިސްޓް

                           ނަންބަރު: IUL)221-HRS/221/2019/8)

މި އޮތޯރިޓީއަށް ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

  

މަޤާމް: ސިސްޓަމް އެނަލިސްޓް

ބޭނުންވާޢަދަދު: 01 (އެކެއް)

ކުލެސިފިކޭޝަން: MS2

އަސާސީ މުސާރަ: -/6,295ރ

ސަރވިސް އެލަވަންސް:-/2,000ރ

ނޮންޕްރެކްޓިސިންގ އެލަވަންސް: އަސާސީ މުސާރައިގެ %35

 

އުޖޫރަޔާއިޢިނާޔަތްތައް

 

  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަންގެ މުއްދަތު (3 މަސްދުވަސް) ހަމަވުމުން ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު-/3,000 (ތިން ހާސް) ރުފިޔާ ދެވޭނެއެވެ. 

 

މަޤާމުގެ ޝަރުތުތައް

 

 

 

 

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު،

  • ސޮފްޓްވެއަރ އިންޖިނިއަރިން/އިންފޮމޭޝަން ޓެކްނޮލޮޖީ/ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ދަށްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން. 
    ނުވަތަ
  • ސޮފްޓްވެއަރ އިންޖިނިއަރިން/އިންފޮމޭޝަން ޓެކްނޮލޮޖީ/ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ދަށްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 1 އަހަރުގެ ތަޖްރިބާ ލިބިފައިވުން. 
    ނުވަތަ
  • ސޮފްޓްވެއަރ އިންޖިނިއަރިން/އިންފޮމޭޝަން ޓެކްނޮލޮޖީ/ބިޒްނަސް އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު ދަށްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއި އެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރުގެ ތަޖްރިބާ ލިބިފައިވުން. 
    ނޯޓް: މި މަޤާމަށް ކަނޑައެޅިފައިވާ ޝަރުތު ތަކުގައި ހިމެނޭ ސަނަދުތަކަށްވުރެ މަތީސަނަދެއް ހާސިލުކޮށްފައިވާ ފަރާތްތައް އޯވަރ ކޮލިފައިޑް ކަމަށް ކަނޑައެޅޭނެއެވެ.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް

 

 

  • އޮތޯރިޓީގެ މަސައްކަތް ހަރުދަނާ ކުރުމަށާއި ކައުންސިލްތަކުން ކުރާ މަސައްކަތް ހަރުދަނާކުރުމަށް ތައްޔާރުކުރާ ސޮފްޓްވެއަރތައް ބަލަހައްޓާ ތަރައްޤީކުރުމުގެ މަސައްކަތް
  • އީ-ކައުންސިލް ސޮފްޓްވެއަރ އަދި އޮތޯރިޓީން ތައްޔާރުކޮށްފައިވާ އެހެނިހެން ސޮފްޓްވެއަރތަކުގެ މައްސަލަތައް ދެނެގަނެ އެކަންތައްތައް ހައްލުކުރުމުގެ މަސައްކަތް
  • ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އީ-ސަރވިސަސް ކަނޑައެޅުމާއި، އެކަންކަންޤާއިމްކޮށް ބެލެހެއްޓުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް
  • ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށް ބޭނުންވާ އޮންލައިން ޕްލެޓްފޯމްތައް ޤާއިމްކޮށް ބެލެހެއްޓުމާއި އަޕްގްރޭޑްކުރުމުގެ މަސައްކަތް
  • އީ-ސަރވިސަސް އަދި އޮންލައިން ޕްލެޓްފޯމްތަކައް ބޭނުންވާ އެހީތެރިކަން ދިނުން
  • އޮތޯރިޓީގެ ވެބްސައިޓްގެ ޓެކްނިކަލް މަސައްކަތްތައް ކުރުމުގައި އެހީތެރިވުން
  • އެލް.ޖީ.އޭގެ ފަރާތުންނާއި ކައުންސިލްތަކުން ހިންގާ އެކިއެކި ޕްރޮޖެކްޓްސްތައް ހިންގުމުގައި އެހީތެރިވުން
  • ކަނޑައަޅާފައިވާ ޝެޑިއުލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުން.

 

މަތީގައިވާ މަޤާމަށް މީހަކު ހޮވުމުގައި ބަލާނޭ ކަންކަން

  • މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ މިންވަރު
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ މިންވަރު
  • ބޭނުންވެއްޖެ ޙާލަތްތަކުގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ ފަރާތްތައް
  • ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް)، SAP އަދި މައިކްރޯސޮފްޓް އޮފީސް ފަރިތަކަމާއެކު ބޭނުންކުރަން އެނގޭ މިންވަރު
  • ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު
  •  VB.NET, ASP.NET, PHP, C# JavaScript, MSSQL,  Oracle, ފަދަ  ލެންގްއޭޖްތައް ބޭނުންކޮށްގެން ޕްރޮގްރާމް ކުރުމާއި ވެބް އެޕްލިކޭޝަން ފަރުމާކުރަން އެނގޭ މިންވަރު
  • ASP.NET އާއި MVC framework ގައި މަސައްކަތްކުރަން އެނގުން
  • ސިސްޓަމް އެނަލައިސަސް އެންޑް ޑިޒައިންގ އަދި ސޮޕްޓްވެއަރ ޑިވެލޮޕްމަންޓް ލައިފް ސައިކަލްއަށް އަހުލުވެރިވެފައިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް

 

  • ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް ނުވަތަ ކޯސް ނިންމިކަމުގެ ލިޔުމުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. 
  • ހުށަހަޅާ ސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ. 
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • މަސައްކަތު ތަޖުރިބާގެ ލިޔުންތައް.

ނޯޓް:

  • ހުށަހަޅާ ސެޓްފިކެޓްތަކަކީ ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކެއް ކަމުގައިވާނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ.
  • (ވަޒީފާއަށް އެދޭ ފޯމާއިއެކު ހުށަހަޅާ ލިޔުންތަކަކީ އަސްލާއެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލު /ޤާނޫނީ ވަކީލެއްގެ އޮފީހުން އެޓެސްޓުކޮށްފައިވާ ލިޔުންތަކަކަށް ވާންޖެހޭނެއެވެ. އަދި ޖީސީއޯލެވެލް، އެސް.އެސް.ސީ އަދި ޖީ.ސީ.އީ އޭލެވެލް އާއި އެޗް.އެސް.ސީ ފަދަ ސެޓްފިކެޓްތަކާއި ނަތީޖާ ސްލިޕްތައްވެސް އެޓެސްޓްކުރެވިފައި ހުންނަން ޖެހޭނެއެވެ. އެޓެސްޓު ކޮށްފައިހުންނަ ލިޔުންތަކުގައި އެޓެސްޓު ކުރި ތާރީޚާއި އެޓެސްޓު ކުރި ފަރާތުގެ ނަމާއި މަޤާމު އަދި ސޮޔާއިއެކު، އެޓެސްޓް ކުރީ ކޮން އިދާރާއެއް ނުވަތަ ކޮން ފަރާތެއްކަން އެޓެސްޓްކުރާ ތައްގަނޑުގައި ޖަހާފައި އޮންނަން ވާނެއެވެ.
  • މަސައްކަތު ތަޖުރިބާ ލިޔުމުގައި އެތަނެއްގައި ވަޒީފާ އަދާކުރި މުއްދަތާއި މަޤާމުގެ މަސްއޫލިއްޔަތުގެ އިތުރުން ވަޒީފާ އަދާކޮށްފައިވާ ގޮތް އެނގޭނެފަދަ ރަސްމީ ލިޔުމެއްކަމުގައި ވާންވާނެއެވެ. އަދި ސަރުކާރު ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއް ނޫން ތަނެއްގެ ލިޔުމެއް ހުށަހަޅާނަމަ އެތަނެއްގެ މުވައްޒަފުންގެ އަދަދު ލިޔުމުގައި ހިމެނެންވާނެއެވެ.

ސުންގަޑި

  • މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައިވާ ލިޔުންތަކާއިއެކު 2019 ފެބްރުއަރީ 13 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިންލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މި ވަޒީފާތަކަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިޔު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއި އެވެ.
  • ފޯމުގައިވާ ހުރިހާ ބައިތައް ފުރިހަމަކުރަންވާނެއެވެ. އަދި ފޯމު ފުރާފައި ހުންނަންވާނީ ދިވެހި ބަހުންނެވެ.
  • ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި މައުލޫމާތާއި ލިޔެކިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3006724 އިން ސާފުވާނެއެވެ.
06 ފެބުރުވަރީ 2019
ހޯދާ