މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް މަސައްކަތު ވަޒީފާއަށް މީހަކު ހޯދުމާބެހޭ

އިޢުލާން

          މިއިދާރާގެ  މުނިސިޕަލް ކޮންޓްރެކްޓް މަސައްކަތު ވަޒީފާއަށް މީހަކު  ބޭނުންވެއްޖެއެވެ.

މަޤާމު:       ކޮންޓްރެކްޓް މަސައްކަތު 

ބޭނުންވާ ޢަދަދު:  1   

މުސާރަ:      މަހަކު -/5000 ރުފިޔާ

މީގެ އިތުރުން އިތުރުގަޑީ މަސައްކަތް ކުރާނަމަ ކައުންސިލުން ހަމަޖައްސާ އުޞޫލަކުން އިތުރުގަޑީ ފައިސާ ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު: (ހ) ޢުމުރުން 18 އަހަރާއި 55 އަހަރާ ދެމެދުގެ ދުވާލަކު މަދުވެގެން 7 ގަޑިއިރު މަސައްކަތްކުރެވޭ ފަދަ ފުރިހަމަ ޞިއްޙަތެއް ލިބިފައިވާ މީހެއްކަމުގައިވުން

            (ށ) އަސާސީ ފެންވަރަށް ލިއަންކިޔަން އެގުން

            (ނ) މަސައްކަތުގައި ހީވާގިކަމާއެކު ޙަރަކާތްތެރިވެ އުޅެވޭނެ މީހެއްކަމުގައިވުން

މުއްދަތު:        2 އަހަރު ދުވަހުގެ މުއްދަތަށް

ކުރަން ހަމަޖެހިފައިވާ މަސައްކަތުގެ ތަފްޞީލް: މޫދުން ކުނި ނެގުމާއި، ކުނިކޮއްޓަށް ގެންދަންޖެހޭކުނި ގެންދިއުމާއި ގޭގޭގައި އުފެދޭ ކުނި ހަމަޖެހިފައިވާ އުޞޫލުން އުކާލަދިނުމާއި ޤަބުރުސްތާނު ސާފުކޮށް ބެލެހެއްޓުމާއި، ކުނިވަކިކުރުމުގެ ގޮތުން ކުރަންޖެހޭކަންތަކާއި، ހިނަވާގެ އާއި ޤަބުރުސްތާނު އަދި ޖެޓީ ބެލެހެއްޓުމާއި އެސަރަޙައްދު ސާފުކުރުން ފަދަ ކަންކަން. މީގެ އިތުރުން ކައުންސިލުންދޭ މުނިސިޕަލް ޚިދުމަތްތަކާގުޅޭ މަސައްކަތް ކުރުން.

           ވީމާ، މިކޮންޓްރެކްޓް ވަޒީފާތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ  14:00 ގެ ކުރިން އައި ޑީ ކާޑުގެ ކޮޕީއާއެކު މިއިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.

           މިމަސައްކަތު ކޮންޓްރެކްޓް ވަޒީފާއަށް ކުރިމަތި ލައްވާ ފަރާތްތަކުން އެންމެފަހުން ވަޒީފާ އަދާކުރި ތަނުންދޭ އޭނާގެ ޙާޟިރީ އާއި ރެކޯޑް ހުށަހަޅަންވާނެ އެވެ. މަސައްކަތު ކޮންޓްރެކްޓް ވަޒީފާ ދިނުމުގައި މިދެންނެވި ލިއުން ރަގަޅު ފަރާތަކަށް އިސްކަން ދެވޭނެވާހަކަ ދެންނެވީމެވެ.   

04 ފެބުރުވަރީ 2019
ހޯދާ