ސިވިލް ކޯޓު
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުން

އިޢުލާން

           

މިކޯޓުގެ ބޭނުމަށް ބްރޭންޑްނިއު ސައިކަލެއް ގަންނަން ކުރި މިކޯޓުގެ ނަންބަރު: 144A3/2019/120 ތ(23 ޖެނުއަރީ 2019) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގު ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލްކޮށް ސައިކަލް ވިއްކާނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

                  ވީމާ ސައިކަލް ވިއްކުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 17 ފެބްރުއަރީ 2019 ވާ އާދީއްތަ ދުވަހުގެ 12:00 އަށް ޖަސްޓިސްބިލްޑިންގ ގްރައުންޑް ފްލޯގައި ހުންނަ ސިވިލްކޯޓުގެ ކައުންޓަރަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

                     30 ޖުމާދަލްއޫލާ 1440

05 ފެބްރުއަރީ  2019

 

 

ނޯޓް

މަޢުލޫމާތު ކަރުދާސް މިކޯޓްގެ ވެބްސައިޓުންނާއި ގެޒެޓުން ލިބިވަޑައިގަންނަވާނެއެވެ.

05 ފެބުރުވަރީ 2019
ހޯދާ