ދިވެހިރާއްޖެ
2019 ވަނަ އަހަރު މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުން
2019 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓަދޭނެ ފަރާތެއް ހޯދުމަށް، ތިންވަނަ ފަހަރަށް ކުރެވުނު މިސްކޫލްގެ ނަމްބަރ GS76/IUL/2019/07 ) 28 ޖެނުއަރީ 2019) ގެ ދިމާވި އިދާރީ މައްސަލައަކާއި ގުޅިގެން އެއިޢުލާން ބާޠިލްކޮށް
އަލުން 2019 ވަނަ އަހަރު މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ފެބްރުއަރީ 12 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:30 ށް މި ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ފެބްރުއަރީ 17 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:30 ގައި
އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި (8:00 - 14:00) މިސްކޫލުގެ ނަމްބަރ 6500527 އާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.
30 ޖުމާދަލްއޫލާ 1440
05 ފެބްރުއަރީ 2019