ދިވެހިރާއްޖެ
މި އިޢުލާންވަނީ 05 ފެބުރުވަރީ 2019 09:02 ގައި ބާތިލް ކުރެވިފައެވެ.
`
ށ.އަތޮޅު މަދަރުސާ
ށ.ކަނޑިތީމު، ދިވެހިރާއްޖެ
ނަންބަރު: (IUL)GS34/2019/04)
އަންދާސީ ހިސާބު ހޯދުން
މި މަދަރުސާގެނަންބަރ: IUL)GS34/2019/02) އިޢްލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅުއްވާފައި ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އަންދާސީ ހިސާބު ހުށައެޅުމަށް ހުޅުވާލަމެވެ.
01. ކްލާސްރޫމް ސަރަޙައްދުން ދަރިވަރުންނަށް ބޯފެން ލިބޭނެ ނިޒާމެއް ޤާއިމުކުރުން.
02. ހަލާކުވެފައިވާ ބައެއް ދޮރުތައް މަރާމާތުކުރުން
03. ސްކޫލްގެ އެންޓްރެންސް މަރާމާތުކުރުން.
ވީމާ ، މި މަދަރުސާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް މަތީގައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި މަދަރުސާއަށް ޙާޟިރުވެލައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
2019 ފެބުރުއަރީ 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 12:00 ގައި. |
އަންދާސީހިސާބު ހުށަހެޅުއްވުން |
2019 ފެބުރުއަރީ 20 ވާ ބުދަ ދުވަހުގެ ހެނދުނު 12:00 ގައި. |
މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި " 2019ގެ މަރާމާތު " މިހެން ލިޔެފައި އޮންނަންވާނެއެވެ.
އަދި ދަންނަވެމެވެ. 2019 ފެބުރުއަރީ 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އޮންނަ މަޢުލޫމާތު ދިނުމުގެ ސެޝަނަށް ޙާޟިރުވެނުލައްވާ، މަޢުލޫމާތު ކަރުދާސް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
30 ޖުމާދަލްއޫލާ 1440