ދިވެހިރާއްޖެ
ތިރީގައި މިދަންނަވާ މަޤާމުގައި މަސައްކަތްކުރާނެ މުވައްޒަފަކު މިއިދާރާއަށް ބޭނުންވެއްޖެއެވެ.
މަޤާމް: މުނިސިޕަލް ސަރވިސް އޮފިސަރ މަޤާމް ނަންބަރު: J-305072 ބޭނުންވާ ޢަދަދު: 01 މަޤާމުގެ ގިންތި: ދާއިމީ މަޤާމުގެ ރޭންކް: އެމް.އެސް 01 |
|
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 01 |
|
ސެކްޝަން: އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް ޔުނިޓް |
|
މަޤާމް އޮތް އޮފީސް: މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ |
|
ވަޒީފާއަދާކުރަން ޖެހޭ ތަން: މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ މުސާރަ: މަހަކު 5،610.00 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ ) |
|
ސާވިސް އެލަވަންސް: މަހަކު 2،000.00 (ދެހާސް ރުފިޔާ) |
|
ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު 700.00 (ހަތްސަތޭކަ ރުފިޔާ) |
|
އިތުރު ޢިނާޔަތްތައް: 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް
|
|
މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް: 1. ރަށުގެ މަގުތަކާއި ޕާކުތަކާއި މައިދާންފަދަ ތަންތަން ވަގުތީގޮތުން ނުވަތަ ދާއިމީގޮތުން ހުޅުވާ ބަންދުކުރުމުގެ އިންތިޒާމްތައް ހަމަޖައްސާ ބެލެހެއްޓުން
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް: މުނިސިޕަލް ސާވިސަސް |
|
މަޤާމުގެ ޝަރުތުތައް: ބިޒްނަސް އެޑްމިނިސްޓްރޭޝަން / ބިޒްނަސް މެނޭޖްމެންޓް / ޕަބްލިކް އެޑްމިނިސްޓްރޭޝަން ނުވަތަ އާރބަން ސްޓަޑީޒްގެ ރޮނގުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަޑު ލެވެލް 05 ނުވަތަ 06 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން |
|
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ކަނޑައަޅާނީ، ވަޒީފާއަށް އެންމެ ޤާބިލު ފަރާތް ހޮވުމަށް ކަނޑައެޅިފައިވާ ކްރައިޓީރިއާގައި ހިމެނޭ ތިރީގައި މިދަންނަވާ ބައިތަކަށް ޕޮއިންޓް ދިނުމަށްފަހު، އޭގެ ތެރެއިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކީ ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ކަނޑައަޅާ ގޮތަށެވެ.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: 1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސް ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު (މިފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން 5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަ ކުރި ކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ 6. ވަޒީފާގެ މަސައްކަތު ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ،އެސެޓްފިކެޓްގެ ކޮޕީ 8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދަޢުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާއަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭތަކެތި ހުށަހަޅާނީ 18 ފެބްރުވަރީ 2019 ވާ ހޯމަދުވަހުގެ 14:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށްއެދޭ ފޯމާއި، ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. އަދި އިއުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެއެވެ. |
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 24 ފެބްރުވަރީ 2019 އާއި 07 މާރޗް 2019 އާއި ދެމެދު ތުޅާދޫ ކައުންސިލްގެ އިދާރާގައެވެ. |
|
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖްރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓްކުރެވޭނެއެވެ. |
|
މަޤާމަށް މީހުންހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމުލަ އިންސައްތަ: 45% (ސާޅީސްފަސް އިންސައްތަ) |
|
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6600006 ނަންބަރު ފޯނާއެވެ. މެއިލް ކުރައްވާނަމަ، ކުރައްވާނީ [email protected] އަށެވެ. |
|
29 ޖުމާދަލްއޫލާ 1440
04 ފެބްރުވަރީ 2019