ދިވެހިރާއްޖެ
މަޤާމު: މަސައްކަތު
މަޤާމުގެ ނަމްބަރ:J-130595
J-227561
J-241651
J-248934
ބޭނުންވާ އަދަދު: 04 ( ހަތަރެއް )
މަޤާމުގެ ގިންތި ދާއިމީ
ރޭންކް: އެސް.އެސް 1 ( ސަޕޯޓް ސަރވިސް 1)
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގުރޭޑް 1
ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް: ގޮއިދޫ ސްކޫލް / ށ.ގޮއިދޫ
މުސާރަ : 3100.00 ރުފިޔާ
ސާރވިސް އެލަވަންސް: 1000.00 ރުފިޔާ
އެހެނިހެން ޢިނާޔަތްތައް:
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
4. ސިވިލް ސަރވިސް ޤަވާއިދުގައި ވާގޮތުގެ މަތިން އެހެނިހެން އެލަވަންސްތައް
5. ސަޕޯޓިންގް ކޯ އެލަވަންސްގެ ގޮތުގައި މަހަކު -/1200.
ވަޒީފާގައި މައިގަނޑުގޮތެއްގައި ކުރަންޖެހޭ މަސައްކަތްތައް:
- ސުކޫލު އިމާރާތާއި ގޯތި ތެރެއާއި، މަގާއި ގޯޅި ކުނިކަހާ ފޮޅާ ސާފުކޮށް ބެލެހެއްޓުމާއި، އަދި މުށިޖަހާފައިވާ ކުލާސްރޫމްތައް އެތެރޭގައި މޮޕްލައި ސާފުކޮށް ބެލެހެއްޓުން.
- ސުކޫލުން ބާއްވާ ބައްދަލުވުންތަކަށް ތަން ތައްޔާރުކުރުމާއި، އެކަންތައްތައް ނިމުމުން ކުލާސް ރޫމްތައް އެތުރުން.
- ކޮންމެ ރަސްމީ ދުވަހެއްގެ ރަސްމީ ގަޑީގައި ސުކޫލަށް ޙާޟިރުވެ ކުލާސްރޫމްތައް ކުނިކަހާ، މޭޒުތަކާއި ގޮނޑިތައް ފޮޅާ ސާފުކުރުން.
- ސްކޫލުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
- ހިރަފުސް ބޯ ދުވަސްތަކުގައި ސުކޫލުގެ ދަރިވަރުންނަށާއި ސުކޫލުގެ މުއައްޒަފުންނަށް އުދަނގޫނުވާގޮތަށް ސުކޫލު ގޯތި ތެރެއަށް ފެން ޖެހުން.
- ފަރާތްތަކަށް އެންގުމާއި ، ހަވާލުކުރެވޭ ލިޝްޓަށް ކިޔުން.
- ރަށުން ބޭރަށް ފޮނުވަންޖެހޭ ތަކެތި ބަނދަރަށް ގެންދިޔުމާއި، ރަށަންބޭރުން ގެނެވޭތަކެތި ބަނދަރުން ސްކޫލަށް ގެނައުން.
- އަދިވެސް މީގެ އިތުރުން ރަސްމީގަޑީގައި ހަވާލުކުރެވޭ ސްކޫލައިގުޅުންހުރި ބައެއް މަސައްކަތް.
މަޤާމުގެ ޝަރުތުތައް:
1- ލިޔަންކިޔަން އެގުން.
ގުޅޭ ވަޒީފާހެ ދާއިރާ: ފޮޅާ ސާފުކުރުން
ނޯޓު: ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.
ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލޭނެ ކަންތައްތައް:
- ތަޢުލީމާއި، ތަމްރީނު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ ހުނަރު.
- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
އިންޓަވިއު ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި ތާރީޚު:
އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވާ ތާރީޚަކީ 18 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހު ގޮއިދޫ ސްކޫލުގައެވެ.
ސުންގަޑި:
- · މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު 14 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން ށ. ގޮއިދޫ ސްކޫލް އޮފީހަށް ހުށަހެޅުން އެދެމެވެ.
ހުށަހަޅަންޖެހޭ ލިއުންތައް:
ހ- ވަޒީފާއަށް އެދޭ ފޯމު ( ގޮއިދޫ ސްކޫލް އޮފީހުން ލިބޭނެއެވެ. )
ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް
ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)
އިތުރު މަޢުލޫމާތު:
- މިވަޒީފާއަށް ހުށަހެޅުމުގައި އިތުރު މަޢުލޫމާތެއް ސާފުކުރައްވަންބޭނުންފުޅުވާނަމަށ.ގޮއިދޫ ސްކޫލްގެ6540582 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
- މިމަޤާމަށް އިންޓަވިއު ކުރެވޭނީ މިމަޤާމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތްތަކާއެވެ.
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
04 ފެބްރުއަރީ 2019