ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް ހެލްތައް ފައިބަރ ކޭބަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)23-AP/23/2018/258) (ޑިސެމްބަރ 25 2019) އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިން ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 ފެބުރުވަރީ 2019 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 އަށް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
29 ޖުމާދަލްއޫލާ 1440