ދިވެހިރާއްޖެ
އިޢުލާން
ތިރީގައިވާ މަސައްކަތް ތައް ކުރަން ބޭނުންވެއްޖެ
1- ކެމްޕަސްގެ ގޭޓްތަކުގެ ޕޭވްމަންޓް އުސްކުރުން
2- ސިޑިއެއްގައި ތަށިމުށި ޖެހުން (ފުޅާމިން 4 ފޫޓުގެ ދެފައްތިރި )
3- ގޭޓެއް ނައްޓާލާ އެތަން ރާނާ ސިމެންތިޖެހުން
4- ދަގަޑު ޖާލިގަޑެއް ނައްޓާލުމަށްފަހު 7އިންޗި އުސްކޮށް، އަލުން ހަރުކޮށް ޖާލިގަޑުގެ ތިރީގައި ގާފޮޅެއް ރޭނުން (ދިގުމިން 52ފޫޓް)
5- ދިގު 21 ފޫޓް، ފުޅާ 7 ފޫޓް 9 އިންޗި ވޯކްވޭއެއް ހެދުން
ވީމާ، މި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މަޢުލޫމާތު ދިނުން އޮންނާނީ 10 ފެބުރުވަރީ 2019 ވާ އާދީއްތަ ދުވަހު 11:00 ގައި ތިނަދޫ ކެމްޕަހުގައެވެ. އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ 12 ފެބުރުވަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައެވެ.
