ދިވެހިރާއްޖެ
ނަންބަރު: FNK-I/IUL/2019/025
އިޢުލާން
ށ.ޅައިމަގު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:
މިކުންފުނިން ދޭ މަޢުލޫމާތާ އެއްގޮތަށް ށ.ޅައިމަގު އިންޖީނުގޭގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 11 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 10:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 12:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި ބިޑްގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ސަރުކާރުގެ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ވިޔަފާރިތަކަށް އެކަންޏެވެ.
28 ޖުމާދަލް އޫލާ 1440
03 ފެބްރުއަރީ 2019
