ދިވެހިރާއްޖެ
ނަންބަރު: 03/IUL)425-A2/1/2019)
އިޢުލާން
މާލޭ ސިޓީ ކައުންސިލަށް ލީގަލް އެޑްވައިޒް ދިނުމާއި ކޯޓް ތަކުގައި ވަކާލާތުކުރާނެ ލޯ ފާރމެއް ހޯދުން.
މާލޭ ސިޓީ ކައުންސިލަށް ޤާނޫނީ ލިޔުންތައް ތައްޔާރުކޮށްދިނުމާއި އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީ ގޮތުން ބޭނުންވާ ލަފާދިނުމާއި، މާލޭ ސިޓީކައުންސިލުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓްތަކުގައާއި ޓްރައިބިއުނަލް ތަކުގައި ކައުންސިލުގެ ފަރާތުން ވަކާލާތު ކޮށްދޭނެ ލޯ ފާރމެއް ހޯދަން ބޭނުންވެއެވެ.
ތަފްސީލު |
ތާރީޙް |
ދުވަސް |
ގަޑި |
ތަން |
އަންދާސީ ހިސާބު ހުށަހެޅުން |
12 ފެބްރުއަރީ 2019 |
އަންގާރަ |
11:00 |
މާލޭ ސިޓީކައުންސިލް އިދާރާގެ މާފަންނު އޮފީސް |
އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގަ 12 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް މާލެ ސިޓީ ކައުންސިލްގެ އިދާރާ (ކުރީގެ މާފަންނު އަވަށު އޮފީސް/ ކަނބާ އައިސާރަނި ހިނގުން) އަށެވެ. ސިޓީ އުރައިގެ ބޭރުގައި މި އިޢުލާން ނަންބަރު ލިޔެވިފައި އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިއަށް އަންދާސީ ހިސާބު ހުށަނާޅާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ވެސް ދަންނަވަމެވެ. އަދި މިކަމާއި ގުޅޭ މަޢުލޫމާތު އިޢުލާނުގައި ހިމަނާފައިވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް:
7797510 ޢަލީ ނަސީރު ޤާސިމް / ލީގަލް އޮފިސަރ
ޤާނޫނީ ލަފާ ދިނުމަށާއި ކޯޓްތަކުގައި ވަކާލާތުކުރުމަށް ލޯ ފާމެއް ހޯދުމާއިގުޅޭ މަޢުލޫމާތު
1- މާލޭ ސިޓީ ކައުންސިލަށް ޤާނޫނީ ލަފާދިނުން.
2- ޤާނޫނީ ލިޔުންތައް (އެއްބަސްވުން) ތައްޔާރުކޮށްދިނުން.
3- އެކި ފަރާތްތަކާއެކު ވެވޭ އެއްބަސްވުންތަކާމެދު ޤާނޫނީ ގޮތުން ބޭނުންވާ ލަފާދިނުން.
4- މާލޭ ސިޓީ ކައުންސިލުން ކުރާ ދަޢުވާއާއި ލިބޭ ދަޢުވާތައް ދިރާސާކޮށް ކޯޓުތަކުގައާއި ޓްރައިބިއުނަލް ތަކުގައި ކައުންސިލުގެ ފަރާތުން ވަކާލާތު ކުރުން، އަދި މިނޫންވެސް ގޮތަކުން ޤާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް ދިމާވެއްޖެނަމަ އެކަމެއް ކޮށްދިނުން.
5- މަސައްކަތް ޙަވާލުކުރެވެނީ 1 އަހަރުގެ މުއްދަތަށެވެ.
6- އަގު ހުށަހަޅުއްވާނީ މަހަކު 40 ގަޑިއިރު މި މަސައްކަތް ކުރެވޭނެ (ޖީ.އެސްޓީ. ހިމެނޭގޮތަށް) ޖުމްލަ އަގެވެ.
7- 40 ގަޑިއިރުގެ އިތުރަށް މަސައްކަތް ކުރާނަމަ ގަޑިއިރަކަށް މަސައްކަތް ކުރެވޭނެ އަގު ވެސް ހުށަހަޅުއްވަންވާނެއެވެ.
8- މަސައްކަތް ޙަވާލުވެލެއްވުމަށްފަހު ކޮންމެ ހަތްދުވަހަކުން އެ މަސައްކަތަށް ހޭދަވީ ވަގުތުގެ ރިޕޯޓެއް މިކައުންސިލަށް ހުށަހަޅުއްވަންވާނެއެވެ.
9- އަންދާސީ ހިސާބު ހުށަހަޅުއްވާ އިރު ލޯފާމްގެ ޕްރޮފައިލް ހުށަހަޅުއްވަންވާނެއެވެ.
10- މަސައްކަތް ޙަވާލުކުރެވޭނީ ތިރީގައިވާ އުޞޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓު ލިބޭ ފަރާތަކަށެވެ.
11- އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި: (މި ލިޔުންތައް ހުށަނައަޅުއްވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައެއް ނުގަނެވޭނެއެވެ.)
- ލޯފާމުގެ ޖީ.އެސް.ޓީ ރެޖިސްޓްރޭޝަނުގެ ކޮޕީއެއް
- ލޯފާމުގެ ރަޖިސްޓްރޭޝަންގެ އަސްލާއެއްގޮތް ކޮޕީއެއް
- ލޯފާމުގެ ޖީ.އެސް.ޓީ ދައްކާކަމުގެ ލިޔުން
- ލޯފާމުގެ އަހަރީ ފީ ދައްކާ ކަމުގެ ލިޔުން
- ވަކީލުންގެ ސީ. ވީ، އައި. ޑީ.ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލާ އެއްގޮތް ކޮޕީ އަދި ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ.
12- މަތީގައި (10 ވަނަ ޕޮއިންޓުގައި) ބަޔާން ކޮށްފައިވާ އެއްވެސް ޑޮކިއުމެންޓެއް އަންދާސީ ހިސާބުގައި ހިމެނިފައި ނުވާނަމަ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އަދި ޕޮއިންޓު ދިނުމަށް ބޭނުންވާ އެއްވެސް މަޢުލޫމާތެއް ފުރިހަމަ ނުވާނަމަ އެބަޔަކަށް ޕޮއިންޓު ނުލިބޭނެއެވެ.
13- އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ސުންގަޑީގެ ފަހުން، އަންދާސީ ހިސާބު ބަދަލުގެނައުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
14-މަސައްކަތް ޙަވާލުކުރެވޭނީ ތިރީގައިވާ އުސޫލުން ޕޮއިންޓް ދިނުމަށްފަހު އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަކަށެވެ.
1 |
މަސައްކަތުގެ އަގު: މި ބަޔަށް އެންމެ ގިނަވެގެން ލިބޭނީ %50 އެވެ.
*40 ގަޑިއިރު މަސައްކަތް ކުރެވޭނެ އަގު %40 އެވެ. *އިތުރުގަޑީގެ ގަޑިއަކަށް % 10 އެވެ. |
މިބަޔަށް ޕޮއިންޓް ދޭއިރު އެންމެ މަތީން ޕޮއިންޓް ލިބޭނީ އެކަށީގެންވާ އެންމެ ދަށް އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތް ފިޔަވާއެހެން ފަރާތްތަކަށް ޕޮއިންޓް ދެވޭނީ ހުށަހަޅާފައިވާ އަގު އެންމެ ދަށް އަގާ ނިސްބަތުން ޕޮއިންޓް ހިސާބުކޮށް ބެލުމަށްފަހު ކޮންމެ ހުށަހެޅުމެއްގެ އަގަކަށް އެކަށީގެންވާ ވަރަކަށެވެ. މިބަޔަށް ޕޮއިންޓް ދޭން ބޭނުންވާ މަޢުލޫމާތު ހުށަހަޅާފައި ނުވާނަމަ އަންދާސީ ހިސާބު ބާޠިލު ކުރެވޭނެއެވެ |
2 |
ތަޖުރިބާ: މިބަޔަށް ގިނަވެގެން ދެވޭނީ %30 އެވެ. |
ތަޖުރިބާއަށް ޕޮއިންޓް ދެވޭނީ ތަޖުރިބާ އެނގޭނޭ ލިޔުން ހުށަހަޅާފައިވާނަމައެވެ.ހުށަހަޅާފައިވާ ތަޖުރިބާގެ ގޮތުގައި މިމަސައްކަތާއި ގުޅޭގޮތުން ހުށަހަޅާ ކޮންމެ ލިޔުމަކަށް %5 އުޞޫލުން (%30 ހަމަވަންދެން) ޕޮއިންޓް ދެވޭނެއެވެ. |
3 |
މިއިދާރާއަށް ވަގުތު ދެވޭ މިންވަރު: މިބަޔަށް ކަނޑައެޅިފައިވަނީ % 15 އެވެ. |
މިބަޔަށް ޕޮއިންޓް ދިނުމުގައި މިއިދާރާގެ ބޭނުންތަކަށް ދަންނަވާލުމުން އެންމެ އަވަސް ފުރުސަތެއްގައި އިޖާބަދީ ގިނަވަގުތު ދެވޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. |
4 |
ޕްރޮޕޯސަލްއަށް ލިބޭނީ %5 އެވެ. |
މިބަޔަށް ޕޮއިންޓް ދިނުމުގައި އެންމެ ދިގު މުއްދަތު ހުށަހަޅާ ފަރާތަށް އިސްކަންދެވޭނެއެވެ. |
28 ޖުމާދަލްއޫލާ 1440