ދިވެހިރާއްޖެ
އިއުލާން
މަޤާމް: ޑިރެކްޓަރ ޖެނެރަލް
މަޤާމުގެ ނަންބަރު: J-304346
ބޭނުންވާ އަދަދު: 01
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އީ. އެކްސް. 5
މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް ޑިރެކްޓަރ ޖެނެރަލް
ވަޒީފާ އަދާކުރަން ޖެހޭ ތަން: ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަން
މުސާރަ: -/13890
ސަރވިސް އެލެވަންސް: -/2000
އެހެނިހެން އެލަވަންސް:
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.
4. ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު -/1500 ނުވަތަ ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ %28 ލިބޭނެ (ޓެކްނިކަލް ކޯ އެލަވަންސްގެ ކޯ ޑިސިޕްލިންއަކީ އެޑިޔުކޭޝަން ނުވަތަ ސްޕެޝިއަލް އެޑިޔުކޭޝަން އެވެ.).
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
- ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނު ދެވޭނެ އިންތިޒާމު ހަމަޖެއްސުން.
- ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނު ދިނުމަށް ބޭނުންވާ ޓީޗަރުންނާއި ފެސިލިޓޭޓަރުން ތަމްރީނުކުރުން.
- ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމަށް މަގުފަހިކޮށްދިނުން.
- ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް ބޭނުންވާ ކަރިކިއުލަމް ތައްޔާރުކުރުމަށް ބޭނުންވާ ފަންނީ އަދި އެހީ ފޯރުކޮށްދިނުން.
- ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަކަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ ތަންތަން ފަރުމާކުރުމަށް ބާރުއެޅުން.
- ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖ ގައި ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ގުޅުންބަދަހިކޮށް، އެ ޖަމްޢިއްޔާ ޖަމާޢަތްތަކުން ދޭ ޚިދުމަތްތައް ފުޅާކޮށް ތަރައްޤީ ކުރުމަށް ބޭނުންވާ
ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން. - ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަޢުލީމާއި ތަމްރީނުދިނު މާ ގުޅޭގޮތުން ހިންގާ ރާއްޖެއިން ބޭރުގެ އިދާރާތަކާއި، ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅުންބަދަހިކޮށް، އެފަރާތްތަކާއި ޚާއްޞަ
އެހީއަށް ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ރާއްޖޭގައި ހިންގާ ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ގުޅުންބަދަހިކުރުމަށް މަގުފަހިކޮށްދިނުން. - ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމާބެހޭ ގޮތުން ޢާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން.
މަޤާމުގެ ޝަރުތުތައް:
1- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 8 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
2- މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 6 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ ދާއިރާތައް: އެޑިޔުކޭޝަން.
ސްޕެޝިއަލް އެޑިޔުކޭޝަން
ތައުލީމީ ރޮނގުތައް:އެޑިޔުކޭޝަން
ސްޕެޝިއަލް އެޑިޔުކޭޝަން
ހުށަހަޅަންޖެހޭ ލިޔުންތައް:
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 13 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 13:30 ދުވަހުގެ ކުރިން، މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގެ 8 ވަނަ ފަންގިފިލާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
އިންޓަވިއު
ހ. މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އަދި އިންޓަވިޔުއޮންނާނެ ތަން އިޢުލާނަށް މުއްދަތު ހަމަވާތާ ރަސްމީ 15 ދުވަސްތެރޭގައި އެންގޭނެއެވެ.މި މަގާމަށް ކުރިމަތިލާ ފަރާތްތަކުން، އެ މުއްދަތުގައި އިންޓަވިޔުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.
ށ. އިންޓަވިއުގައި ޕްރެޒެންޓޭޝަނެއް ހުށަހަޅުއްވަން ޖެހޭނެއެވެ.
ޝޯޓް ލިސްޓްކުރުން:
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށް ވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކާއި އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި މިނިސްޓްރީގެ ނަންބަރު 3341298 ފޯނަށް ގުޅުއްވުން އެދެމެވެ.
