ދިވެހިރާއްޖެ
ނަންބަރު: BAM/IUL/2019/04
އިޢުލާން
ބީ.ޑަބުލިޔު.އެފް ލެވެލް 1 ބެޑްމިންޓަން ކޯޗިންގ ކޯސް 2019
ބެޑްމިންޓަން އޭޝިޔާ އާއި މި އެސޯސިއޭޝަން ގުޅިގެން 2019 މާރިޗު 03 ން 09 ށް، ނ.ހޮޅުދޫގައި ބީ.ޑަބުލިޔު.އެފް ލެވެލް 1 ބެޑްމިންޓަން ކޯޗިންގ ކޯހެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މި ކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 14 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ވަނަވަރު މި އެސޯސިއޭޝަނަށް ހުށައެޅުން އެދެމެވެ. ކޯހަށް މީހުން ނެގުމުގައި ބަލާނީ ބެޑްމިންޓަންގެ ތަޖުރިބާހުރި އަދި ކުޅިވަރުގެ ރޮނގުން ޚިދުމަތް ކުރަމުންދާ ފަރާތްތަކަށެވެ. މީގެއިތުރުން އަތޮޅުތެރެއިން ކުރިމަތިލާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
އިތުރު މަޢުލޫމާތެއް ބޭނުންފުޅުވެލައްވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ން ހަވީރު 4:00 ށް، މި އެސޯސިއޭޝަންގެ ފޯން ނަމްބަރު (3314057) ށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
31 ޖަނަވަރީ 2019