ދިވެހިރާއްޖެ
މަޤާމް: ޑިރެކްޓަރ، ކޮމިއުނިކޭޝަންސް
ޑިޕާޓްމަންޓް: ޕަބްލިކްރިލޭޝަންސް
ބޭނުންވާ ޢަދަދު: 01
ވަޒީފާގެ ބާވަތް: 01 އަހަރުގެ ކޮންޓްރެކްޓް ( 01 އަހަރު ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަަލައި ކޮންޓްރެކްޓް އައު ކުރެވޭނެއެވެ. ނުވަތަ ވަޒިފާ ދާއިމީ ކުރެވޭނެއެވެ. )
ވާޒީފާ އަދާކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ފެންވަރު ނުވަތަ ޝަރުތު:
-
ބިޒްނަސް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ރިލޭޝަންސް ނުވަތަ މާސް ކޮމިއުނިކޭޝަން ދާއިރާއިން ދަށްވެގެން ބެޗްލާރސް ޑިގްރީ ފެންވަރުގެ ސަނަދެއް ޙާސިލްކޮށްފައިވުން
މުސާރަ އާއި އިނާޔަތްތައް:
-
އަސާސީ މުސާރަ: 26،000.00ރ
-
ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 5،500.00ރ ދެވޭނެއެވެ.
-
އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު ގިނަވެގެން 5،000.00ރ ދެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތުތައް:
މިމަޤާމުގެ މަސްޢޫލިއްޔަތު ތަކުގެ މަޢުލޫމާތު ބަޔާންކޮށްފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއިއެކު ޑައުންލޯޑްކުރެވެން ހުންނާނެއެވެ.
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
-
ފުރިހަމަ ކުރެވިފައިވާ މި އޮފީހުގެ "ޖޮބް އެޕްލިކޭޝަން ފޯމް" (ފޯމު މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
-
ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަނަވަރު (ސީވީ)
-
ވަޒީފާއަށް އެދޭ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ
-
ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
-
ލިބިފައިވާ މަސައްކަތު ތަޖުރިބާތައް އަންގައިދޭ ލިޔެކިޔުން / ސެޓްފިކެޓްތަކުގެ ކޮޕީ
ނޯޓް:
-
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލް ކުރެވޭނެއެވެ.
-
މިމަޤާމަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިޔޭނީ މަޤާމުގެ ޝަރުޠުތައް ހަމަވެ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް އެކަންޏެވެ.
ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
-
މަޤާމުގެ ޓީ.އޯ.އާ.ރު ގައި ބަޔާންކޮށްފައިވާ ތަޖުރިބާ ހާސިލްކޮށްފައިވާ ފަރާތަތަކަށް އިސްކަން ދެވޭނެއެވެ.
އިންޓަރވިއު އާއި އިމްތިޙާނު ބާއްވާނެ ތަނާއި މުއްދަތު
މި މަޤާމަށް މުވައްޒަފު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި އިމްތިޙާނު/ޕްރެޒެންޓޭޝަން 12 ފެބުރުވަރީ 2019 އިން 21 ފެބުރުވަރީ 2019 އާއި ދެމެދު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އިންޓަރވިއު ކުރުމާއި އިމްތިޙާނު/ޕްރެޒެންޓޭޝަން އޮންނާނީ، މި އިދާރާއިން ކަނޑައަޅާ މެމްބަރުން ( މަދުވެގެން 03 މެމްބަރުން) ގެ މައްޗަށް އެކުލެވޭ ޕެނަލްއަކުންނެވެ.
ސުންގަޑި:
މިމަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ފެބްރުވަރީ 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު
ފޯން: 1441
އީމެއިލް: [email protected]