އެމް.އެން.ޔޫ. ބިޒްނަސް ސްކޫލް
ދިވެހިރާއްޖެ
ދިޔަދޮވިން ފެންލީކުވުން ހައްލުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

-

މި ސްކޫލްގެ 2 ފަންގިފިލާގެ އިމާރާތުގެ ދިޔަދޮވިން ފެންލީކުވުން ހައްލު ކޮށް، ނަލަފިލާ ބަދަލުކޮށް، ސީލިންގ މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 4 ފެބްރުއަރީ 2019 ވާ ހޯމަ ދުވަހުގެ 10:00 އަށް އެމް.އެން.ޔޫ ބިޒްނަސް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 6 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 10:00 އަށް މި ސްކޫލުގެ އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތް ކުރުމަށް މިސްކޫލްއިން ކުރެވިފައިވާ އިޢުލާން ނަމްބަރ IUL)153-BS/153/2019/1(9 ޖަނަވަރީ 2019) ގެ އިޢުލާން އާއި އެއިޢުލާން އާއި ގުޅިގެން ހުށަހެޅިފައިވާ އަންދާސީ ހިސާބުތައް ބާތިލް ކުރެވިފައިވާކަމުގައި ދަންނަވަމެއެވެ.

31 ޖަނަވަރީ 2019
ހޯދާ