ދިވެހިރާއްޖެ
މިއިދާރާއިން ހިންގަމުން ގެންދާ ފުނަދޫ ކޮމިއުނިޓީ ޕަވާރހައުސްއަށް 04 މަސްދުވަހުގެ މުއްދަތަށް ޑީސަލް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ކުރި މިއިދާރާގެނަމްބަރ IUL)283-BF/283/2019/06) އިޢުލާނާއި ގުޅިގެން ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ އަދަދު މަދުކަމަށްފެންނާތީ އެ އިއުލާނު ބާތިލްކޮށް އަލުން އިޢުލާނުކުރީމެވެ.
ވީމާ،މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 5 ފެބުރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ސިޓީއަކުން އެކަން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަދި ބިޑް ހުށަހެޅުން އޮންނާނީ 10 ފެބުރުއަރީ 2019 ވާ އާދިއްތަ ދުވަހު 13:00 ގައި ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައެވެ. އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު 6540052 ފޯނާއި ގުޅުއްވުން އެދެމެވެ. ޝައުޤުވެރިކަން ފާޅުކުރުމަށް ލިޔުންހުށަނާޅާ ފަރާތްތަކާއި ގަޑިޖެހިގެން ހާޟިރުވާފަރާތުން ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބަދަލުގައި އެހެންފަރާތެއް ފޮނުވާނަމަ،އަގުހުށަހަޅާފަރާތުންބަދަލުގައި ފޮނުވިކަން އެނގޭނެ ސިޓީއެއް ހުށަހަޅަންވާނެއެވެ.