ދިވެހިރާއްޖެ
އިޢުލާން
ވޭޖް އެމްޕްލޯއިމަންޓްގެ ދަށުން މިސްކިތްތަކަށް ވަގުތީ މީހުން ހޯދުން
ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން 2019 ވަނަ އަހަރުގެ ނިޔަލަށް މިރަށު ދެ މިސްކިތުގައި މަސައްކަތް ކުރާނެ، އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން ބޭނުންވެއެވެ.
މަސައްކަތް ކުރަންޖެހޭ ޙާލަތްތައް:
މިސްކިތުގެ އިމާމުންނާއި މުދިމުން އަދި މަސައްކަތު މީހުން އެކިއެކި ސަބަބުތަކާހުރެ މިސްކިތަށް ޙާޟިރުނުވާ ދުވަސްތަކުގައެވެ.
އުޖޫރު:
- އިމާމުކަމުގެ ޝަރުތު ހަމަވާނަމަ (ޖީ.އެސް 3 ގެ ރޭންކް) ކޮންމެ ނަމާދު ވަގުތަކަށް -/61 ރުފިޔާ.
- އިމާމުކަމުގެ ޝަރުތު ހަމަނުވާނަމަ (ޖީ.އެސް 1 ގެ ރޭންކް) ކޮންމެ ނަމާދު ވަގުތަކަށް -/53 ރުފިޔާ.
- މަސައްކަތު މީހުންނަށް، (އެސް.އެސް 1 ގެ ރޭންކް) މަސައްކަތްކުރާ ކޮންމެ ގަޑިއަކަށް -/45 ރުފިޔާ.
މިއީ ވޭޖް އެމްޕްލޯއިމެންޓްގެ ދަށުން ނެގޭބަޔަކަށްވާތީ، އުޖޫރަދެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ. ބަންދުދުވަހުގެ ފައިސާ އާއި އިތުރު ގަޑީގެ ފައިސާއެއް ނުދެވޭނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- މުއްދަތު ހަމަނުވާ އައި. ޑީ. ކާޑުގެ ދެފުށުގެ ސާފު ކޮޕީއެއް.
- މަތީގައި ދެންނެވިފައިވާ މަސައްކަތާ ގުޅޭގޮތުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްގެ އެންމެ މަތީފާހުގެ ކޮޕީ.
ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 ފެބުރުވަރީ 7 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސިޓީއަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
24 ޖުމާދަލްއޫލާ 1440
30 ޖަނަވަރީ 2019