ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

GS135/IUL/2019/06

ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުން

2019 އަހަރު  މިސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެގެން ދެވަނަފަހަރަށް ކުރެވުނު          GS135/IUL/2019/04 ނަމްބަރު އިޢުލާނަށް ތިން ފަރާތުން ކުރިމަތިލާފައިނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ޙާޟިރުވެ މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބާއެކު މި ސްކޫލަށް ޙާޟިރުވުން އެދެމެވެ.

     މައުލޫމާތު ދިނުމުގެ ސެޝަން  ---   11 ފެބުރުވަރީ 2019 ވާ ހޯމަދުވަހުގެ 13:30އަށް

      އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުން  --- 14 ފެބުރުވަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް

 

 

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށާއި އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް  އަންދާސީ ހިސާބު ހުށައަޅާ ފަރާތަށް ހާޒިރުވެވެން ނެތްނަމަ، ބަދަލުގައި މީހަކު ފޮނުވިދާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6600020 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                               

30 ޖަނަވަރީ 2019
ހޯދާ