މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް

ކަނޑުމަހުގެ ދިގުމިނުގެ ހިސާބު ނެގުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ - ސާމްޕްލަރ

 

ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ [ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް] ގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކުގެ ދަށުން މަސްވެރިކަމުގެ މަޢުލޫމާތު ނެގުމަށް ތިރީގައި ބަޔާން ކުރެވިފައިވާ މަސައްކަތްތައް ކުރަމަށް ޝައުގެވެރިވާފަރާތެއް ހޯދުމަށް އެދި މިމިނިސްޓްރީއިން ހުޅުވާލަމެވެ.

މަޤާމް:                   ފިޝަރީޒް ސާމްޕްލަރ

ބޭނުންވާ ޢަދަދު:             1 (އެކެއް)

މުއްދަތު:                  މަސައްކަތު އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން 1 އަހަރު ދުވަސް

އުޖޫރަ:                   މަސައްކަތްކުރާ ކޮންމެ މަހަކަށް -/7،000 ރުފިޔާ  (މަސައްކަތް ނުކުރާ ދުވަސްތަކަށް ކަނޑައެޅޭ އުޞޫލެއްގެ މަތިން އުޖޫރައިން އުނިކުރެވޭނެއެވެ)

މަސައްކަތް ކުރަންޖެހޭ ތަން:    ށ. ފުނަދޫގައި

 

ކުރަންޖެހޭ މަސައްކަތް:

މިއީ ށ. ފުނަދޫއަށް ލަފާ މަސްވެރިކަމުގެ އުޅަނދު ތަކުގެ ތެރެއިން ބައެއް އުޅަނދުތަކުން (ދޮށީގެ މަސްވެރިކަން، ފަރުމަހުގެ މަސްވެރިކަން އަދި ހިބަރު މަސްވެރިކަން) ގެންނަ ބާވަތްތަކުން ސައިންޓިފިކް އަދި މަސްވެރިކަމުގެ މަޢުލޫމާތުތަކެއް ނެގުމަށް ހަވާލުކުރާ  މަސައްކަތެކެވެ. މިގޮތުން މި ދެންނެވުނު މަސްވެރިކަންތަކުގެ ތެރެއިން ކޮންމެ މަސްވެރިކަމަކުން ހަފްތާއަކު 2 ދޯނި (ޖުމްލަ 6 ދޯނި) ސާމްޕަލް ކުރަންވާނެއެވެ. މި މަސައްކަތަށް ހޭދަވާނެކަމަށް ބެލެވެނީ މަޢުލޫމާތު ނަގާ ކޮންމެ ދޯންޏަކަށް  ގާތްގަނޑަކަށް 2 ގަޑިއިރެވެ. މި މަސައްކަތުގެ ދަށުން ނަގަންޖެހޭ މަޢުލޫމާތުތަކާއި، އެ މަޢުލޫމާތު ނަގާނެ ގޮތުގެ ތަފްސީލް، އަދި ތަމްރީން ދެވޭނެއެވެ.

 

މަސައްކަތްކުރާ ފަރާތުގެ ޝަރުތު:

  • ޖީސީއީ އޯލެވެލް ނުވަތަ އެއަށްވުރެ މަތީ ފާހެއް ލިބިފައިވުން.

 

މިމަސައްކަތައް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

  • މި މަސައްކަތަށް އެދި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ސައިންސް ގެ މާއްދާތައް ކިޔަވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.
  • މި މަސައްކަތަށް މީހަކު ހޮވުމުގައި، މަސްވެރިކަމުގެ ދިރާސާ މަސައްކަތްތަކުގައި މީގެ ކުރިން އެހީތެރިވެދީފައިވާ، ނުވަތަ މިފަދަ ކަންކަމުގެ ތަމްރީން/ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

މި މަސައްކަތް ކުރުމަށްޓަކައި ބަނދަރަށް ލަފާ ދޯނީގެ ކެޔޮޅު ނުވަތަ އޮޑިވެރި ފަރާތުގެ ހުއްދަ ނެގުމާއި، އެހީތެރިކަން ހޯދުމަކީ މި މަސައްކަތައް ހޮވޭ ފަރާތެއްގެ ޒިންމާއެކެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މި މަސައްކަތައް އެދި ހުށަހަޅާ ސިޓީ
  2. މިމަސައްކަތައް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ ކޮޕީ

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 6 ފެބުރުއަރީ 2019 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (މެރިން ރިސާޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިމިނިސްޓްރީއަށް ވަޒީފާއަށް އެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް މެދުވެރިކޮށް ވެސް ބަލައި ގަނެވޭނެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ހޯދުން 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 ދެމެދު 3322328 ފޯނާއި ގުޅުއްވުން އެދެމެވެ.

 

22 ޖުމާދުލްއަޢްވަލު 1439 

28 ޖަނަވަރީ 2019
ހޯދާ