ދިވެހިރާއްޖެ
މި އިޢުލާންވަނީ 30 ޖަނަވަރީ 2019 13:37 ގައި ބާތިލް ކުރެވިފައެވެ.
މަޤާމް: ޑްރައިވަރ
ބޭނުންވާ ޢަދަދު: 01 (އެކެއް)
މުސާރަ: -/5,570 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މާލެ
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: ވެހިކަލް ދުއްވުން
ފެންވަރު ނުވަތަ ޝަރުޠު:
- އަސާސީ ތަޢްލީމުގެ ފެންވަރު ހުރުން.
- ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
- މަޤާމުގެ ވާޖިބުތައް އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރުމާއި ޤާބިލުކަން ހުރުން.
- ޢުމުރުން 55 އަހަރު ވެފައިނުވުން.
އިތުރު އެލަވަންސް: މި މަޤާމަށް ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/50 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 5 ފެބުރުވަރީ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު، މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމްތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. ފޯމް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 12:00 އިން 14:00 އަށެވެ.
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
1- ހަތަރު ފުރޮޅުލީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ކޮޕީ
2- ވަނަވަރު
3- ދރއ. ކާޑުގެ ކޮޕީ
4- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން
23 ޖުމާދަލްއޫލާ 1440