މުސާރަ:
|
މަހަކު -/3970 ރުފިޔާ (ޕްރޮބޭޝަން މުއްދަތުގައި -/3176 ރުފިޔާ)
|
އެހެނިހެން އިނާޔަތްތައް:
|
2000ރ - 4000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.
އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
|
ޝަރުތު:
|
- ގްރޭޑް 8 ގެ ފެންވަރު ނުވަތަ މިފަދަ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިވުން
- ސިއްޙީ ޤާބިލްކަން ލިބިފައިވާ ފަރާތެއް ކަމުގައި ވުން
- މަސައްކަތުގައި ގިނަވަގުތު އުޅެވޭ މީހަކަށް ވުން
- އަދި އިދާރީ މަސައްކަތްތަށް ކުރަން އެގުން.
|
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:
|
- ބަހުގެ ޚިދުމަތަށް ނަގަންޖެހޭ ފައިސާ ނެގުމުގެ މަސައްކަތާއި ބަސްތައް ސާފުކުރުން.
- ބަހަށް އަރުވާ މުދާ/ލަގެޖް އަރުވާ ބޭލުން، އަދި ފަސިންޖަރުން އަރުވާ ބޭލުމުގައި އެހީތެރިވެ ދިނުން.
- ބަސް ދަތުރު ނިންމާފައި ކޮންމެ ދުވަހަކުވެސް ބަސް ރަނގަޅަށް ސާފުކޮށް ބެލެހެއްޓުން. އަދި ބަހުގައި އިތުރު މަސައްކަތެއް ކުރަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރުން.
|
މަސައްކަތްކުރަންޖެހޭ ވަގުތު:
|
ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)
|
މަސައްކަތްކުރަންޖެހޭ ތަން:
|
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް / ރީޖަނަލް ޓްރާންސްޕޯޓް ޑިޕާޓްމަންޓް (ލ.އިސްދޫ)
|
ސުންގަޑި:
|
2019 ފެބްރުއަރީ 04ވާ ހޯމަ ދުވަހުގެ 15:30ގެ ކުރިން.
|
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
|
- މަޤާމަށް އެދިހުށަހަޅާ ފޯމް
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް
|
ހުށަހަޅަންޖެހޭ އޮފީސް:
|
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)
ވަޒީފާއަށް އެދޭ ފޯމް މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓް www.port.com.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293
އީމެއިލް: [email protected]
|
ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.
* ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރޭގައި ވަޒީފާ ހަމަޖެއްސުމުގައި 05 އަހަރު ދުވަހުގެ ކުށުގެ ރިކޯޑް ޗެކްކުރެވޭނެއެވެ.
|