ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަގުތީ މަސައްކަތު މީހުން ނެގުމާއިގުޅޭ

އިޢުލާން

ވަގުތީ މަސައްކަތު މީހުން ނެގުމާއިގުޅޭ:

ހއ. ކެލާ އިޖްތިމާޢީ ސަރަހައްދުތަކުގައި ކުނިކަހައި ވިނަ ނޮޅައި ސާފުކޮށް ބަލަހައްޓާނެ ވަގުތީ މަސައްކަތު މީހުން 03 މަސްދުވަހުގެ މުއްދަތަށް ބޭނުންވެއްޖެއެވެ.

ބޭނުންވާ ޢަދަދު:              30 މީހުން

އުޖޫރަ:                    -/40 ރުފިޔާ ( މަސައްކަތައް ނުކުންނަ ދުވަހަކަށް )

މަސައްކަތުގެ ގަޑި:             1 ގަޑިއިރާއި 30 މިނިޓް ( ދުވާލަކު )

މަސައްކަތް ކުރަންޖެހޭ ދުވަސް:     ކޮންމެ ހަފްތާއެއްގެ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު

ޝަރުތު:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން

- އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން 

ވަޒީފާގެ މަސްޢޫލިއްޔަތުތަކާއި އެހެނިހެން ކަންތައް:

- ކެލާ ކައުންސިލުން އިޖްތިމާޢީ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅަފާއިވާ ސަރަހައްދުތަކާއި މަގުތައް ކުނިކަހައި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތެވެ.

- މި ވަޒީފާއަށް ހޮވޭ ފަރާތްތަކާއިއެކު ވަޒީފާގެ މަސްޢޫލިއްޔަތު ފުރިހަމައަށް އަދާކުރައްވަން ވާނެއެވެ.

- މިވަޒީފާގައި އުޅޭ މީހުން އިޖްތިމާޢީ ސަރަޙައްދު ތަކުން ނަގާ ކުނިބުނިތައް އުކާލަންވާނީ، ކެލާގައި ކުނި މެނޭޖްކުރުމަށް ކަނޑައެޅިފައިވާ އުޞޫލާއި އެއްގޮތަށެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 ފެބްރުއަރީ 2019 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމަށްއެދި ހުށަހަޅާ ފޯމު ކެލާ ކައުންސިލް އިދާރާގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ.

28 ޖަނަވަރީ 2019

28 ޖަނަވަރީ 2019
ހޯދާ