ދިވެހިރާއްޖެ
އިޢުލާން
މި ސްކޫލަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
މިސްކޫލްގެ (ނަންބަރު: GS-171/IUL/2018/20 އަދިGS-171/IUL/2018/21 ) އިޢުލާން ތައް ގެޒެޓް ނުކުރެވިފައިވާތީ އެޢިއުލާންތައް ބާޠިލްކޮށް އަލުން އިޢުލާންކުރަމެވެ.
2019 ވަނައަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށްހިފަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 30 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި މިސްކޫލް އޮފީހަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 5 ފެބްރުއަރީ 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00ގައި މިސްކޫލަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަނޭޅުއްވޭނެ ވާހަކަ ދެންނެވީމެވެ. މަގުބޫލް އުޒުރަކާއެކު މަޢުލޫމާތު ސާފުކުރަން ވަޑައިނުގެންނެވޭ ފަރާތްތަކުން ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށައަޅަން ބޭނުންވާފަރާތުގެ ބަދަލުގައި އެހެން ބޭފުޅަކު ވަޑައިގަންނަވާނަމަ ހުށައަޅުއްވަން ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ހުށައެޅުމަށް ދަންނަވަމެވެ.
އަދި މިކަމަށް އެދި ކުރިމަތިލެވޭނީ، ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ރަސްމީ ގަޑީގައި 7952918 މި ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.