ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
އެގްޒެމިނަރ ( ކޮންޓްރެކްޓް )

ނަންބަރު:                                         8(IUL)120/1/2019/

އިޢުލާން

މި ޑިޕާޓްމަންޓުގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ވަގުތީ މުވައްޒަފުން ބޭނުން ވެއްޖެއެވެ.

މަޤާމް

އެގްޒެމިނަރ ( ކޮންޓްރެކްޓް )

ބޭނުންވާ ޢަދަދު

 (2)

 

 

 

 

އުޖޫރަ:

5,000/- ރުފިޔާ    (5 މޮޑިއުލް)

މުއްދަތު:

ފެބްރުއަރީ 10 އިން ފެބްރުއަރީ 21 އަށް

އަސާސީ ޝަރުޠު:

  1. މާއްދާއާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް ނުވަތަ މާއްދާއާ ގުޅޭ ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް އޮތުމާއެކު ސާނަވީ ނުވަތަ މަތީ ސާނަވީ ސިލަބަހަށް މަދުވެގެން 3 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.
  2.  ނުވަތަ ވޭތުވެ ދިޔަ 5 އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި މި ޑިޕާޓްމަންޓުން ހިންގާ ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިޙާނުގެ މާކިން މަސައްކަތް މަދުވެގެން 3 އަހަރު ދުވަހު ކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތު:

  • ·        ތިރީގައި އެވާ ދާއިރާތަކުން، ޢާއްމު އިމްތިޙާނުގެ ސުވާލުކަރުދާހާއި މާކިންގ ސްކީމް ތައްޔާރު ކުރުން.
  • ·        ކޮންމެ ކަރުދާހެއްގެ ހާޑްކޮޕީ އާއި ސޮފްޓް ހުށަހެޅުން.

1- ޢާއްމުއިމްތިޙާނުގެ ހުކުރުކުރުން (ލިއުން /އަނގަބަސް)

2- މުދިންކަން (އަނގަބަސް)

3- ޖަމާޢަތްތެރިކަން (އަނގަބަސް)

4- ޤުރުއާން  

5- ޚުތުބާ (ތިންޚުތުބާ)

ވަޒީފާއަށް އެންމެ ގާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންކަން

ލިބިފައިވާ ތަޖުރިބާ އާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި އިންޓަރވިއުއިން ނުވަތަ ލިޔުމުން ޖަވާބުދާރީވާން ޖެހޭނެއެވެ.

އިންޓަރވިއު ކުރުން:

މި މަޤާމްތަކަށް މީހުން ހޮވުމަށް އިންޓަރވިއުކޮށް ލިޔުމުން ޖަވާބުދާރީ ކުރުވާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 05 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުންނާއި، މިޑިޕާޓްމަންޓުގެ www.dpe.edu.mv  ވެބްސައިޓުން ލިބެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

ނ- ވަޒީފާއެއް އަދާކުރާނަމަ، ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ އެ ވަޒީފާގެ  މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުން.

ރ- ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ސާފުކޮށް ފެންނާނޭހެން ނަގާފައިވާ ކޮޕީ.

ބ- ވަޒީފާއަށް އެދޭ މީހާގެ ވަނަވަރު (ސީވީ).

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.  

 

ތަކެތި  ހުށަހަޅަންޖެހޭ އޮފީސް

މިމަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް. 

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ  2019 ފެބުރުވަރީ 07 ވާ ބުރާސްފަތި ދުވަހުގެ 13:00

         21 ޖުމާދަލްއޫލާ 1440

         27 ޖަނަވަރީ   2019      

27 ޖަނަވަރީ 2019
ހޯދާ