ދިވެހިރާއްޖެ
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ސޯސަންމަގު
ނ.ވެލިދޫ، ދިވެހިރާއްޖެ ނަމްބަރު: GS07/IUL/2019/003
އިޢުލާން
ކެންޓީނެއް ޢިމާރާތްކޮށް، ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މި މަދަރުސާއިން ދޭ ކުރެހުމާ އެއްގޮތަށް އަމިއްލަ ތަކެތީގައި ކެންޓީނެއް ޢިމާރާތްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
މިކެންޓީނު ޢިމާރާތް ކުރުމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރިރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި، މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ޕްރަޕޯސަލް ހުށައެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުން |
2019 ޖެނުއަރީ 28 ވާ ހޯމަ ދުވަހުގެ 11:00 ގައި |
ޕްރަޕޯސަލް ހުށައެޅުއްވުމާއި، ކެނޑުން |
2019 ފެބުރުއަރީ 05 ވާ އަންގާރަ ދުވަހުގެ 11:00 ގައި |
މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރަޕޯސަލް ހުށައެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށައަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރަޕޯސަލްތަކާއި، ގަޑިޖެހުމަށްފަހު ހުށައަޅާ ޕްރަޕޯސަލްތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
17 ޖުމާދިލްއޫލާ 1440
23 ޖެނުއަރީ 2019