ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމާއި ގުޅޭ:
މި ސްކޫލްގެ ނަންބަރު: GS-89/IUL/2018/48 (2018 ޑިސެމްބަރު 20) 3 ވަނަ އިޢުލާން އާއި ގުޅިގެން ހުށަހަޅާފައި ބިޑްފޯމުތަކުގައި މައްސަލަ އުޅޭތީ، އެ އިޢުލާން ބާޠިލްކޮށް މިސްކޫލްގެ ސެކިއުރިޓީ އައުޓްސޯސްކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މި މަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށްދިނުން 2019 ޖަނަވަރީ 31 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ސްކޫލް އޮފީހުގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެއެވެ.
ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019ފެބުރުއަރީ 6 ވާ ބުދަ ދުވަހުގެ 11:00 ގައި މި ސްކޫލްގެ އޮފީހުގައެވެ. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނޮޅިވަރަންފަރު ސްކޫލް
ހަވީރީ ހިނގުން، ހދ. ނޮޅިވަރަންފަރު، ދިވެހިރާއްޖެ.
ފޯން: 0535 652
އީ-މެއިލް: [email protected]