މާކުރަތު ސްކޫލް، ރ. މާކުރަތް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2019 ވަނަ އަހަރު ސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- 2019 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ހޯދުމަށް 15 ޖަނަވަރީ 2019 ގައި މިސްކޫލްގެ ފަރާތުން ކުރި އިޢުލާނު ބާތިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 ޖަނަވަރީ 27 އިން 2019 ޖަނަވަރީ 29 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ޖަނަވަރީ 29 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 ޖަނަވަރީ 31 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މާކުރަތު ސްކޫލުގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 2019 ފެބުރުއަރީ 10 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މާކުރަތު ސްކޫލުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. (ގެޒެޓް ކުރެވިފައި)
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާކުރަތު ސްކޫލް
މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ފޯން: 6580333
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
24 ޖަނަވަރީ 2019
ހޯދާ