މާޅޮސްމަޑުލު އުތުރުބުރީ ފައިނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަން ކުރުމަށް ބޭނުންކުރާ ގަސްކާނާއާއި ބޭސް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ

މިރަށު ދަނޑުވެރިންނަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި މިރަށު ބަނދަރާއި ހަމައަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

  • 1100 ބަސްތާ ގެރިގުއި
  • 160 ޕެކެޓް އެން.ޕީ.ކޭ 20:20:20
  • 230 ޕެކެޓް ބާސް
  • 135 ޕެކެޓް ޔޫރިޔާ
  • 600 ކިލޯ ހައިޑްރޯ ކޮމްޕްލެކްސް
  • 210 ކިލޯ ޕޮޓޭސިއަމް
  • 65 ފުޅި އެބަމެކްޓިން

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ 29 ޖަނަވަރީ 2019 ވާ އަންގާރަ ދުވަހުގެ  މެންދުރު 13:00 ގައި މިއިދާރާގައެވެ. އަދި އަންދާސީ ހިސާބުތައް ހުށަހެޅުން އޮންނާނީ 03 ފެބްރުއަރީ 2019 ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00ގައި މިއިދާރާގައެވެ. މަޢުލޫމާތު ސާފުނުކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އެހެން ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާއިރު ބަދަލުގައި ވަޑައިގަންނަވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަވަންވާނެއެވެ. މިކަމަށް އެދި ކުރިމަތިލެވޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (19/2014)ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ގަޑީގައި 6580072 ނަމްބަރ ފޯނާއި ގުޅުއްވުން އެދެމެވެ.

24 ޖަނަވަރީ 2019
ހޯދާ