ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2019 ވަނަ އަހަރު އިހަވަންދޫގެ އިޖުތިމާއީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.

`

                     

ނަމްބަރު: IUL-248-ESMSMS/248/2019/13 

އިޢުލާނު

2019 ވަނަ އަހަރު އިހަވަންދޫގެ އިޖުތިމާއީ ސަރަޙައްދު ސާފުކޮށް ބެލެހެއްޓުން.

                    އިޖުތިމަޢީ ސަރަޙައްދު 2019 ވަނަ އަހަރު ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ވަނީ ބޭނުންވެފައެވެ.

                    ވީމާ، އެމަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 04 ފެބުރުވަރީ 2019 ވާ ހޯމަ ދުވަހުގެ 10.30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 10 ފެބުރުވަރީ 2019 ވާ އާދީއްތަ ދުވަހުގެ 11.00 އަށް އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދެންނެވީމެވެ.

                    މަޢުލޫމާތު ސާފުކޮށް މިމަސައްކަތް ކޮށް ދެއްވޭނީ، ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް،ފަރުދީ ވިޔަފާރި ފަދަ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ކުންފުނި، ޕާޓްނާރޝިޕް ، ލޯކަލް އިންވެސްޓްމަންޓެއް ފަދަ ތަނަކުން މަޢުލޫމާތު ސާފު ކުރުމަށް ނުވަތަ އަންދާސީ ހިސާބު ހުށައެޅުމަށް ވަޑައިގަންނަވާއިރު އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއަކާއި އެތަނެއްގެ ރަޖިސްޓަރީގެ ކޮޕީއެއް ގެންނަން ވާނެއެވެ. އަދި ފަރުދީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުންވެސް ފަރުދީ ވިޔަފާރި ރަޖިސްޓަރީގެ ކޮޕީއެއް (ކުރުމަށް ހުއްދަ ލިބިފައިވާ މަސައްކަތާއެކު) ގެންނަން ވާނެއެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ ހުށައެޅުން ބަލައެއް ނުގަނެވޭނެއެވެ.

                    އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ، ސިޓީއުރައަކަށް ލައި ބަންދުކޮށް 2019 ވަނަ އަހަރުގެ އިހަވަންދޫ އިޖްތިމާއީ ސަރަޙައްދުތައް ކުނިކަހާ ސާފުކުރުމުގެ އަންދާސީ ހިސާބުކަން އެނގޭގޮތަށް ލިއުއްވައިފައެވެ.

                    މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

24 ޖަނަވަރީ 2019
ހޯދާ