ދިވެހިރާއްޖެ
ނަންބަރ: (IUL)241-B/241/2019/2
އިއުލާން
އަތޮޅުކައުންސިލްގެ މަގުފާރު ރޭނުމާއި ބެހޭ
މިއިދާރާގެ މަގުފާރު ރޭނުމާއި ބެހޭގޮތުން ކުރެވުނު މިއިދާރާގެ ނަންބަރ(IUL) 241-B/241 / 2019 /1
( 08 ޖެނުއަރީ(2019 އިޢުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބްތައް ބަލައިގަނެވިފައިވަނީ އެކަށީގެންވާ ވަގުތު ނުދެވިކަމަށް ވާތީ އެއިޢުލާނާއި ގުޅިގެން ހުށަހެޅުނު އަންދާސީ ހިސާބް ތައް ބާތިލް ކޮށް އަލުން މިމަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. ވީމާ ، މިއިދާރާއިން ދޭ މައުލޫމާތާއި ކުރެހުމާއި އެއްގޮތަށް މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 30 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 13.00 އަށް މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 05 ފެބުރުއަރީ 2019 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް އަންދާސީ ހިސާބް ހުށަހެޅުއްވުން އެދެމެވެ.
ކަނޑައެޅިފައިވާ ގަޑިއަށް މައުލޫމާތު ސާފްކުރަން ވަޑައިނުގަންނަވާ ފަރާތްތަކަށް މައުލޫމާތު ނުދެވޭނެއެވެ. އަދި ގަޑިޖެހިގެން އަންދާސީ ހިސާބް ހުށަހަޅާ ފަރާތްތަކަށްވެސް ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. މިމަސައްކަތަށް އަންދާސީ ހިސާބް ހުށަހަޅަންވާނީ ކުންފުނިތަކަށާއި އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ގޮތުގައި މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީ ކުރެވިފައިވާ އަދި މީރާގައި އެވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކުންނެވެ. މަރާމާތުގެ މަސައްކަތަށް ހުށަހެޅޭ އަންދާސީ ހިސާބްތައް އިވެލުއޭޓްކޮށް މާރކްސް ދިނުމަށް ހަމަޖެހިފައިވާގޮތް ތިރީގައި މިދަންނަވަނީއެވެ.
ހުށަހަޅުއްވާ އަގަށް 60%
ލިބިފައިވާ ތަޖުރިބާއާއި ފަންނީ ގާބިލްކަމަށް 15%
ހުށަހަޅާ މުއްދަތަށް 15%
މާލީ ތަނަވަސްކަމަށް 10%
މިހެންވެ މިކަން އާންމުކޮށް އަންގާ އިއުލާންކުރީމެވެ.