ދިވެހިރާއްޖެ
އިޢުލާން
ވިޔަފާރި ކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ބެހޭ
ލ.ކުނަހަންދޫގެ ބަނދަރު ވިޔަފާރި ތަރައްޤީ ކުރުމަށް ރޭވިފައިވާ ޕްލޭންގެދަށުން ބަނދަރު ސަރަހައްދު ވިޔަފާރި ކުރުމަށް 02 ބިން ކުއްޔަށްދޫކުރުމަށް ކައުންސިލްއިން ވަނީ ނިންމާފައެވެ.
1- ބަނދަރުން ވިޔަފާރި ބިން ދޫކުރުމަށް ކަޑައެޅިފައިވާ ސަރަހައްދު 2019-v1,2019-v2 ނަންބަރު ބިން
ވީމާ،ވިޔަފާރި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.
* މަޢުލޫމާތު ސާފުކުރުން: 28 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ 10:30 އަށް
* އެސްޓިމޭޓް ހުށަހެޅުން: 30 ޖަނަވަރީ 2019 ވާ ބުދަ ދުވަހުގެ 10:00 އަށް
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
17 ޖުމާދުލް އޫލާ 1440
23 ޖަނަވަރީ 2019