ދިވެހިރާއްޖެ
ނަންބަރު: IUL)196-C/1/2019/8)
އިޢުލާން
އޮފީސް ޖާގައެއް ބޭނުންވެއްޖެ.
މިއޮފީހުގެ ބޭނުމަށް އޮފީސް ޖާގައެއް ގއ. ވިލިނގިލިން ކުއްޔަށް ހިފަން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)196-C/1/2019/4) އިޢުލާނު ބާޠިލްކުރުމަށްފަހު ދެވަނަ ފަހަރަށް އިޢުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތަކާއެކު، 2019 ޖަނަވަރީ 31 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީ ހިސާބު، މިއޮފީހުގެ ގއ. ގޮތްޕަށް ހުށަހެޅުއްވުން އެދެމެވެ.
- ކުލި
- ކުއްޔަށްދޫކުރަން ޤަޞްތުކުރާ މުއްދަތު
- ޢިމާރާތުގެ ބޮޑުމިން (އިންތަކާއި މިންތައް ހިމެނޭގޮތުގެ) ރަސްމީ އިދާރާއަކުން ދޫކޮށްފައިވާ ކުރެހުމެއް
- ޢިމާރާތުގެ ޙާލަތު އެނގޭނެ ލިޔުމަކާއި ކުލަ ފޮޓޯތައް
- ކުއްޔަށް ދޫކުރާ ފަރާތުގެ އައ.ޑީ ކާޑު ކޮޕީ
މިއޮފީހުގެ ގއ. ގޮފި ހިނގަމުންދަނީ ގއ. އަތޮޅު ކައުންސިލްގެ އިދާރާގެ ޢިމާރާތުގެ ތެރޭގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003287 ފޯނާއި، ނުވަތަ ގއ. ގޮފީގެ ނަންބަރު: 6820060 ފޯނާ ގުޅުއްވުން އެދެމެވެ.
ނޯޓު: އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.
17 ޖުމާދަލްއޫލާ 1440