ދިވެހިރާއްޖެ
07 ސެޕްޓެންބަރު 2018ވަނަ ދުވަހު "ސިނަމާލެ ބުރިޖު"ވަނީ އާންމުކޮށް ހުޅުވާލެވިފައެވެ. އަދި މި ސަރަޙައްދު މޫދުގައި ބުރިޖު އެޅުމަށްޓަކައި ވަގުތީގޮތުން ތައްޔާރުކުރެވިފައިވާ ޓްރެސްޓަލް ބުރިޖާއި، ބުރިޖާއި ގުޅިފައިވާ އާލާތްތައް ނެގުމުގެ މަސައްކަތް ކުރިއަށް ދާތީވެ މަސައްކަތް ނިމެންދެން، ބުރިޖު ދަށުން ކަނޑު އުޅަނދުފަހަރު ދަތުރުކުރުމަކީ މަނާކަމެއްކަމުގައި އަދި ޓެމްޕަރަރީ ސްޓްރަކްޗަރތަކަށް ސަމާލުވުމަށާއި، ބުރިޖު އަދި ބުރިޖާއި ގުޅިފައިމިވާ އާލާތްތަކާއި ކައިރިން މޫދަށް ނޭރުމަށް މިސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކަށް ވާނީ މި މިނިސްޓްރީގެ ނަންބަރ (IUL)138-PIS/138/2018/131 އާއި (IUL)138-PIS/138/2018/132 އިޢުލާނުގައި ވާނީ ދެންނެެވިފައެވެ. ނަމަވެސް، މިހާރަކަށް އައިސް ކަނޑު ދަތުރުކުރާ ބައެެއް އުނޅަދުފަހަރު މިސަރަޙައްދަށް ވަދެ އުޅޭކަން ވަނީ ފާހަގަކުރެވިފައެވެ.
އެހެންކަމުން، މި އާލާތްތައް ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާ މިދަނޑިވަޅުގައި، ބުރިޖު ދަށުން ކަނޑު އުޅަނދުފަހަރު ދަތުރުކުރުމަކީ ނުރައްކާތެރިކަމަކަށް ވުމާއިއެކު، އަންނަ މޭމަހުގެ ނިޔަލަށް ، ބުރިޖު ދަށުން ކަނޑު އުޅަނދުފަހަރު ދަތުރުކުރުމަކީ މަނާކަމެއްކަމުގައި އާންމުކޮށް އިޢުލާންކުރަމެވެ. އަދި މިސަރަހައްދުގައި ރާޅާއަޅާ ފަރާތްތަކުން ޓެމްޕަރަރީ ސްޓްރަކްޗަރތަކަށް ސަމާލުވުމަށާއި، ބުރިޖު އަދި ބުރިޖާއި ގުޅިފައިމިވާ އާލާތްތަކާއި ކައިރިން މޫދަށް ނޭރުމަށް އިލްތިމާސްކުރަމެވެ.