ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނީގެ އެފް އެސް އެމް އީޒީފިލް ގަރާޖުގައި ހުރި ބައުތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށް

އިޢުލާން

މިކުންފުނީގެ އެފް އެސް އެމް އީޒީފިލް ގަރާޖުގައި ހުރި ބައުތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއެވެ.

މުދަލުގެ ބާވަތް:   ބައު ދަގަނޑު، ބެޓެރި، ޓަޔަރު އަދި ބޭނުން ކޮށްފައިހުރި އަޑީތެޔޮ.

ތަން:      އެފް އެސް އެމް އީޒީފިލް ގަރާޖު، ކަނބާއައިސަރަނި ހިނގުން 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 23 ޖަނަވަރީ 2019 ވަނަ ދުވަހުން ފެށިގެން 26 ޖަނަވަރީ 2019 އާއި ދެމެދު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ އީޒީފިލް ގަރާޖަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

މިތަކެތި ބެއްލެވުމަށްފަހު އަގު ހުށަހަޅުއްވާނީ 26 ޖަނަވަރީ 2019 ވާ ހޮނިހިރު ދުވަހުގެ މެންދުރު 14:00 އަށް މިކުންފުނީގެ ހެޑް އޮފީހަށް ހާޞިރުވެއެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) އަދި އެފަރާތަކުން ހުށައަޅުއްވާ އަގު، ލިޔުމުން ހުށައަޅުއްވަން ވާނެއެވެ.

އަގު ހުށަހަޅުއްވާނީ ބައު ދަގަނޑު އަދި ބެޓެރި، ކިލޯއަކަށް ޖެހޭ ރޭޓުންނެވެ. އެހެނިހެން ތަކެތީގެ އަގު ގަނޑުކޮށް ނަގާނެ އަގު ހުށަހެޅިދާނެއެވެ.    

މިނީލަމުގައި އެންމެ މަތިން އަގު ހުށަހަޅުއްވާ ފަރާތަކަށް މިތަކެތީގެ އަގު ދެއްކުމަށްފަހު ގެންދިޔުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 9996466 ނުވަތަ 7667060 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

23 ޖަނަވަރީ 2019
ހޯދާ