ހުރަވީ ސްކޫލް، ހުޅުމާލެ
ދިވެހިރާއްޖެ
ކޮމްޕިޔުޓަރ ޓެކްނީޝަން ބޭނުންވެއްޖެ

އިއުލާން

މުވައްޒަފުން ބޭނުންވެއްޖެ

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-299964

ބޭނުންވާ އަދަދު:

01 ( އެކެއް )

މަޤާމުގެ ގިންތި: 

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ހުރަވީ ސްކޫލް / ހުޅުމާލެ، ދިވެހިރާއްޖެ

މުސާރަ:

-/6295 ރ

ސަރވިސް އެލެވަންސް:

-/2000 ރ

ޓެކްނިކަލް ކޯ އެލަވަންސް:

  1. މަޤާމަށް ކަނޑައަޅާފައިވާ ތަޢުލީމީ ރޮނގުތަކުގެ ތެރެއިން ކޯ ޑިސިޕްލިންގެ ތަޢުލީމީ ރޮނގުގެ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ ޓެކްނިކަލް ކޯ ގެ ގޮތުގައި މުސާރައިގެ %28 ،

 ޓެކްނިކަލް ކޯ އަށް ޝަރުޠު ހަމަނުވާ ފަރާތެއްނަމަ ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 900 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖެގެ ޕެންޝަނާބެހޭ ޤާނޫންގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްކޫލުގެ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ގުޅުން ހުރި އެންމެހާ ކަންކަން ކިޔަވައިދިނުމަށާއި އެހެނިހެން ޚިދުމަތްތައްދިނުމަށް ދަތިނުވާނެގޮތެއްގެ މަތިން މޮނިޓަރކޮށް ބެލެހެއްޓުން.

1.1 ސްކޫލުގެ ކޮމްޕިއުޓަރ ސިސްޓަމްސްތައް މުވައްޒިފުންނަށް ދަތިނުވާނޭ އުސޫލުގެމަތިން ސިސްޓަމަށް ދިމާވާ މައްސަލަތައް ހައްލުކޮށް މުވައްޒިފަށް އެސިސްޓަމް ބޭނުންކުރެވޭ ހާލަތަށްގެނެސް މުވައްޒިފަށް އެއްވެސް މައްސަލައެއްނެތި މަސައްކަތް ކުރެވޭތޯ ޔަގީން ކުރުން.

1.2 ސްކޫލުގެ ކްލާސް ރޫމް، ލެބޯރަޓަރީ، އޭވީ ރޫމް އަދި އެހެނިހެންތަންތަނުގައި ހަރުކުރެވިފައިވާ ޕްރޮޖެޓްތައް މަސައްކަތް ކުރާމިންވަރު ބަލާ ޕްރޮޖެޓަރ ސެޓަޕް ހެދުމަށްފަހު ބޭނުންކުރެވޭ ހާލަތެއްގައި ބެހެއްޓުން.

1.3 ސްކޫލުގައި ބޭނުން ކުރާ ޕްރިންޓަރތައް ރަގަޅަށް މަސައްކަތް ކުރޭތޯ ބަލާ މުވައްޒިފުންނަށް ނެޓްވޯކް މެދުވެރިކޮށް ޕްރިންޓް ކުރެވެވޭ ގޮތް ހަދާ ކުރެވޭ ތޯ ޖެޗްކޮށް ބެލުން. އަދި ޕްރިންޓަރ ގެ ޓޯނަރ ހުސްވުން ސްޓޮކުން ޓޯނަރ ނެގުމަށްފަހު ޕްރިންޓަރ އަށް ލައްވާ ޕްރިންޓް ކުރެވޭނޭގޮތް ހެދުން.

1.4 ސްކޫލުގައި ބޭނުންކުރެވޭ ސްކޭނަރުތައް މަސައްކަތް ކުރޭތޯބަލާ އަބަދުވެސް މުވައްޒިފުންނަށް ސްކޭން ކުރެވޭނޭގޮތައް ސެޓަޕް ހަދާފައި ބެލެހެއްޓުން.

1.5 ޕްރިންޓާރ ، ސްކޭނަރ ، ކޮމްޕިއުޓަރ ސިސްޓަމް ، ލެޕްޓޮޕް ، ޕްރޮޖެކްޓަރ، ސްމާރޓް ބޯޑް އަދި ޑޮކްޓާރ ބޯޑް ތައް ބެލެހެއްޓުމަށްޓަކައި ޗެކްލިސްޓް ހަދާ އެތަކެތި ޗެކްކޮށް ދިމާވާ މައްސަތައް ހައްލުކުރުކޮށް އެތަކެތި ބޭނުން ކުރެވޭ ގޮތް ހެދުން.

1.6 ހުރިހާ ސިސްޓަމަކަށް އެއް ވަރޝަންގެ ސޮފްވެއަރ އަޅާ އެއްގޮތްކުރުމާއި ސޮފްޓްވެއަރ އަޕްޑޭޓް ކޮށް ބެލެހެއްޓުމާއި، ބަޖެޓްތަންދިން މިންވަރަކުން އެންޓިވައިރަސް އަޅާ މެއިންޓެއިން ކުރުން.

1.7 އަދި 1.5 ގައި ބަޔާން ކުރެވިފައިވާ ތަކެތި އެއްތަނުން އަނެއްތަނަށް ބަދަލުކުރާއިރުއާއި މިތަކެތީގެ ތެރެއިން ހަލާކުވާތަކެތީގެ މަޢުލޫމާތު އިންވެންޓްރީ އާއި ހަވާލުވެފައިވާ މުވައްޒިފަށް ދިނުން.

1.8 ހުރިހާ އައިޓީ މެޝިނަރީ އަދި އެކިއުޕްމަންޓް ފޮޅާ ސާފުކުރުން.

2. ސައުންޑް ރޫމް އަދި ކޮންޓްރޯލް ރޫމްގައި ހުރި އެކިއުމަންޓް ބެލެހެއްޓުން.

2.1 ސައުންޑް ރޫމް އަދި ކޮންޓްރޯލް ރޫމްގައި ހުންނަޖެހޭ އިކުއިޕްމަންޓް ހުރިތޯބަލާ ޗެކްކޮށް ޔަޤީންކޮށް މިތަކެތި ރޫމްގައި ނެތްނަމަ އެތަކެތި ހުރިތަންތަނުން ގެނެސް ހުންނަންޖެހޭ ތަންތަނުގައި ސެޓަޕްހެދާ ސްޓޭންޑްބައިގައި ބެހެއްޓުން.

2.2 ސައުންޑް ރޫމްގައި އަދި ކޮންޓްރޯލް ރޫމްގައި ހުރި ތަކެއްޗަށް ޖެހޭމައްސަލަ ބަލާ އެމައްސަލަތައް ރަގަޅުކުރުން އެތަކެތި މެއިންޓޭންކޮށް ބެލެހެއްޓުން.

2.3 ސައުންޑްރޫމް އަދި ކޮންޓްރޯލް ރޫމްގައި ހުންނަތަކެތި ބާވެ ހަލާކުވެ ބޭނުން ނުކުރެވޭ ވަރުވުމުން އެތަކެތި ނީލަން ކިއުމަށްޓަކައި ސަރުދާއާއި ހަވާލުކުރުން.

3.  އޭވީ ރޫމް ގައިވާ މެޝިންތަކާއި އެކިއުމަންޓް ބެލެހެއްޓުން.

3.1 އޭވީ ރޫމްގައި ހުންނަޖެހޭ ޕްރޮޖެކްޓަރ ، ކޮމްޕިއުޓަރ ސިސްޓަމް އަދި ސައުންޑް ސިސްޓަމް ހުރިތޯބަލާ ޔަޤީން ކޮށް މިތަކެތި ރޫމްގައި ނެތްނަމަ އެތިކެތި ހުރިތަންތަނުން ގެނެސް އޭވީ ރޫމްގައި ސެޓަޕްހެދާ ސްޓޭންޑް ބައިގައި ބެހެއްޓުން.

3.2 އޭވީރޫމްގައި ހުރި ތަކެއްޗަށް ޖެހޭމައްސަލަ ބަލާ އެމައްސަލަތައް ރަގަޅުކުރުން އަދި އެތަކެތި މެއިންޓޭންކޮށް ބެލެހެއްޓުން.

3.3 އޭވީރޫމްގައި ހުންނަތަކެތި ބާވެ ހަލާކުވެ ބޭނުން ނުކުރެވޭ ވަރުވުމުން އެތަކެތި ނީލަން ކިއުމަށްޓަކައި ސަރުދާރާއި ހަވާލުކުރުން.

4. ސްކޫލު މުވައްޒަފުނަށް ސަވަރ ޑޮމެއިން ކްރިއޭޓްކުރުމާއި ސްކޫލް މެއިލް ކްރިއޭޓް ކުރުން.

4.1 ސްކޫލަށް އަލަށް ވަޒީފާ އަށް ނުކުންނަށް މުވައްޒިފުންނަށް ސްކޫލް ސަވަރ ޑޮމެއިން ހެދުމާއި ސްކޫލްމެއިލް ހަދާ އެމުވައްޒިފހުންނަށް ލޮގިން އަދި މެއިލް ބޭނުންކުރެވޭކަން ޔަޤީން ކުރުން.

4.2 ސްކޫލަށް ވަންނަ އިދާރީ މުވައްޒިފުންނަށް ވެރިއެއްގެ ލަފާގެމަތިން ޖެމްސް އެކައުންޓްހަދާ މުވައްޒިފަށް އެއެކައުންޓް ބޭނުންކުރެވޭކަން ޔަޤީން ކުރުން.

4.3 ސްކޫލު މެއިލް އަދި ސްކޫލްގެ ޑޮއިމެއިން ލޮގިން އަދި ޖެމްސް ލޮގިން އަށް ޖެހޭމައްސަލަތައް ރަޅުކޮށް އެމުވައްޒިފުންނަށް އެތަކެތި ބޭނުންކުރެވޭގޮތް ހަދާ ބޭނުންކުރެވޭކަން ޔަޤީންކުރުން.

4.4 ސްކޫލުން ވަކިވާ މުވައްޒިފުންގެ ޑޮމެއިން، މެއިލް، އަދި ގެމްސް ލޮގިން ބްލޮކް ކުރުން.

5. ސްކޫލަށް ދަތިނުވާނޭހެން ސްކޫލުގެ ސަރވަރ ޑައުންވިޔަނުދީ ސަރވަރ ގެ ސެކިއުރިޓީ (އެންޓިވައިރަސް އަދި އެހެނިހެންގޮތް ގޮތުން) ބެލެހެއްޓުން.

6. ސްކޫލް ޕްރޮޕަޓީގެ ދަށުގައިވާ އައިޓީ އާއި ގުޅުން ހުރި ސޮފްޓްވެއަރ ތައް ރައްކާތެރިކަމާއި އެކު ބެލެހެއްޓުމާއި ސޮފްޓް ވެއަރ އަޕްގްރޭޑް ކުރުން.

7. ސްކޫލުގައި ކޮމްޕިއުޓަރ ނެޓްވަރކް އެޅުމާއި ނެޓްވޯކަށް ދިމާވާ މައްސަލަތައް ބެލުމާއި ހައްލުކުރުން.

8. ސްކޫލުގައި ކިޔަވާދިނުމަށް ގެންގުޅޭ ސްމާރޓް ބޯޑް އަދި ޑޮކްޓަރ ބޯޑް ބެލެހެއްޓުން.

8.1 ސްމާޓް ބޯޑް އަދި ޑޮކްޓަރ ބޯޑްގެ ސޮފްޓްވެއަރ ބެލެހެއްޓުމާއި އެތަކެތި ބޭނުންކުރެވޭ ގޮތަށް ސްޓޭންޑް ބައިގައި ބެހެއްޓުން.

9. ސްކޫލުގެ ޑިޖިޓަލް ނޯޓިސްބޯޑް، ވެބްސައިޓް އަދި ފޭސްބުކް ފޭންޕޭޖް ވެރިއެއްގެ ލަފާގެ މަތިން ބަލަހައްޓާ އަޕްޑޭޓްކޮށް، ގެންނަންޖެހޭ ބަދަލުތައް ގެނައުން.

9.1 ސްކޫލުން ޑިޖިޓަލް ނޯސްޓިސްބޯޑުގައި ޑިސްޕްލޭ ކުރުމަށް ޑެއިލީ ޝެޑިލު ފޮތުގައި ހުން ތަކެތި ޑިޖިޓަލައިޒްކޮށް ދުވަހުން ދުވަހަށް ނޯޓިސް ބޯޑަށް އަރުވަންވާނެއެވެ.

10. ޑިޓިޖަލް ނޯޓިސް ބޯޑް އަދި އެއާއި ގުޅިފައިވާ ކޮމްޕިއުޓަރ ސިސްޓަމް އެެއްވެސް މައްސަލައެއްނެތި މަސައްކަތް ކުރަމުންދޭތޯ ކޮންމެ ދުވަހަކު ޗެކްކުރަންވާނެއެވެ.

10.1 ސްކޫލުން ބެލެނިވެރިންނަށް ދެވޭ ނޯޓިސް ޑިޖިޓަލް ޑިޖިޓަލައިޒްކޮށް ނޯޓިސް ބޯޑަށް ދުވަހުން ދުވަހަށް އަރުވާ ވެބްސައިޓް އަދި ފޭސްބުކްއަށް އަޕްލޯޑް ކުރުން.

10.2 ސްކޫލުގައި ހިނގާ އެކިއެކި ޖަލްސާތަކާއި ހަރަކާތްތަކު މަޢުލޫމާތު ސްކޫލުގެ ފޭސްބުކް ޕޭޖް އަދި ސްކޫލް ވެބްސައިޓަށް އަޕްލޯޑް ކުރުން.

10.3 ސްކޫލު ވެބްސައިޓް ތަރައްޤީ ކުރުމުގެ ގޮތުން ކުރެވިދާނެ ކަންކަން ބަލާ އެކަންކަން ވެރިންނާ ހިއްސާކޮށް ވެރިންގެ ލަފާގެމަތިން ވެބްސައިޓް އަށް ބަދަލުގެނައުން.

11. ސްކޫލުގެ އެކއެކި ހަރަކާތްތަކަށާއި، ޖަލްސާއާއި ވޯންކްޝޮޕް އަދި އެސްމްލީގަޑީގައި ސައުންޑް އަދި ޕްރޮޖެކްޓަރ ސެޓަޕް ހެދުން.

11.1 ކޮންމެ ދުވަހަކު ސްކޫލުގެ އެންސެމްބްލީ ގަޑިޖެހުމުގެ 15 ކުރިން ސައުންޑް ރެޑީކޮށް އެސެމްބްލީ ގަޑީގައި ސައުންޑް ކަންކަން ހިންގާދާގޮތް ބަލާ މައްސަލައެއް ދިމާވެއްޖެނަމަ އެކަން ހައްލުކޮށްދިނުން.

11.2 ސްކޫލުގައި ބާއްވާ ހަފްލާތަކާއި މީޓިން، ވޯކްޝޮޕް އަދި އެކިއެކި ހަރަކާތްތަކަށް ސައުންޑް އަދި ޕްރޮޖެކްޓަރ 30 މޮނެޓް ކުރިން ސެޓަޕް ހަދާ ރެޑީ ކުރަންވާނެއެވެ.

11.3 ސްކޫލުގެ ހަފްލާތަކާއި ޖަލްސާ އަދި މީޓިންގ ތަކުގައި ސައުންޑް ހެދުމަށްފަހު އެއިވެންޓެއް ނިމެންދެން ސައުންޑް އަދި ޕްރޮޖެކްޓަރގެ ކަންކަން ހިނގާދާގޮތް ބަލާ މައްސަލައެއްދިމާވެއްޖެ ހާލަތެއްގައި ހައްލުކުރުން.

11.4 މަތީގައި ބަޔާންކުރެވިފައިވާ އިވެންޓްތައް ނިމުމުން އެރޭންޖް ކުރެވިފައިވާ ތަކެތި ނަގާ ހުންނަޖެހޭ ތަންތަނަށްލާ ރައްކާކުރުން.

12. ސްކޫލުގެ ވެބްސައިޓް ޓެކްނިކަލް ގޮތުން ދިމާވާމައްސަލަތަށް ހައްލުކުރުމާއި މޮނީޓަރކޮށް މެއިންޓެއިންކޮށް، އަޕްޑޭޓް ކޮށް ބެލެހެއްޓުން.

13.  ސްކޫލުގެ ސިސްޓަމްތަކަށް އެސް އޭޕީ ސިސްޓަމް އެޅުން.

13.1  ސްކޫލުގެ ސިސްޓަމްތަކުގެ ތެރެއިން ސެޕް ބޭނުންކުރަންޖެހޭ މުވައްޒިފުންގެ ސިސްޓަމްތަކަށް  ސެޕްއެޅުމަށްޓަކައި ރިއެސްޓް މިނިސްޓްރީއޮފް ފިނޭންސަށް ފޮނުވުން.

13.2  މިނިސްޓްރީ އޮފް ފިނޭންސް އިން ސެޕް އަޅަން އަންނަންދެން ފޮލޮއަޕް ހަދާ ސެޕް ސްކޫލުގެ ސިސްޓަމް ތަކަށް އަޅާ ބޭނުންކުރެވޭތޯ ޔަޤީން ކުރުން.

14. ސްކޫލުގެ ހުރިހާ މެޝިނަރީޒްތަކެއްގެ މާސްޓާރ ޝީޓް ހަދާ މަޢުލޫމާތު އެންޓަރ ކޮށް އަޕްޑޭޓް ކޮށް ބެލެހެއްޓުން.

14.1 މެޝިނަރީ ތަކުގެ މާސްޓަރ މަޢުލޫމާތު ޝީޓެއް ތައްޔާރުކޮށް އަޕްޑޭޓް ބެލެހެއްޓުން.

14.2 މުވައްޒިފުންގެ ޑޮމެއިން ލޮގިން އަދި މެއިލް ލޮގިންގެ ޑީޓެއިލް މައުލޫމާތު ޝީޓް ތައްޔާރުކޮށް އަޕްޑޭޓް ބެލެހެއްޓުން.

14.3 ދާއިރާއާއި ގުޅުންހުރި ތަކެތީކެ ޗެކްލިސްޓް ހަދާ ތަކެތި މޮނީޓަރ ކުރުމާއި މައްސަލަދިމާވެފައިވާ ކަންކަން ހައްލުކުރުން.

 

ދާއިރާ:

އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ ޝަރުޠުތައް:    

ތައުލީމީ ފެންވަރު:

1. އިންފޮމޭޝަން ޓެކްނޮލޮޖީ ނުވަތަ ކޮމްޕިއުޓަރ ސައިންސްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ތައުލީމީ ރޮނގުތައް:

  1. ކޮމްޕިއުޓަރ ސައިންސް
  2. އިންފޮމޭޝަން ޓެކްނޮލޮޖީ

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

     (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

    6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

     (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

 

 

 

 

 

 

 

 

 

 

 

ދާއިރާ

ބެލެވޭނެ ބައިތައް

މާކްސް

އިންސައްތަ%

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމައި ތަމްރީން

ލިބިފައިވާ ތަޢުލީމް

80

35

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާން

"ސިވިލްސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތުގެ ތަޖުރިބާ

މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅެ ތަޖްރިބާ

23

15

15

ލިބިފައިވާ ހުނަރު

އިންޓަރވިއު/ޕްރެޒެންޓޭޝަން/ޕްރެކްޓިކަލް

100

40

40

ޖުމްލަ

230

100

100

 

މަޤާމަށްއެދެންވީގޮތާއިސުންގަޑި:

ވަޒީފާއަށް އެދޭ ފޯމް ހުރަވީ ސުކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މިފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.   މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  4 ފެބްރުއަރީ 2019 ގެ 12:00 ގެ ކުރިން، ހުރަވީ ސުކޫލުގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  ބަލައިގަނެވޭނެ އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު:އޮންނާނެ ތަނާއި، މުއްދަތު:

 

މިމަގާމަށް މީހަކު ހޮވުމަށް އިންޓަރވިއުކުރުން އޮންނާނީ 5 ފެބްރުއަރީ އިން 9 ފެބްރުއަރީ 2019 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނެ ތަނަކާއި ވަގުތު ކެންޑިޑޭޓުންނަށް ދުރާލާ އެންގޭނެއެވެ. ވުމާއެކު ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މަތީގައިވާ ތާރީޚްތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ (3350711) އަށެވެ.

23 ޖަނަވަރީ 2019

 

23 ޖަނަވަރީ 2019
ހޯދާ