ދިވެހިރާއްޖެ
ނަންބަރު: BAM/IUL/2019/03
އިޢުލާން
16ވަނަ އިންޓަރ ސުކޫލް ބެޑްމިންޓަން މުބާރާތަށް ކެންޓީންގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ
މިއެސޯސިއޭޝަނުން މާރިޗު މަހުގެ 07 ން 16 ށް ބޭއްވުމަށް ހަމަޖެހިފައިވާ 16ވަނަ އިންޓަރ ސުކޫލް ބެޑްމިންޓަން މުބާރާތުގެ ބައިވެރިން އަދި ކުޅިބައްލަވަން ވަޑައިގަންނަވާ ފަރާތްތަކަށް އަމާޒުކޮށް ކެންޓީނެއްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.
ވީމާ، މިޚިދުމަތް ދޭން ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 03 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 އަށް މިއެސޯސިއޭޝަންއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރަން މިއެސޯސިއޭޝަންއަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަ ދަންނަވަމެވެ.
22 ޖަނަވަރީ 2019